އެންމެ ފުރަތަމަ ވިޔަފާރި ފަށާއިރު އެންމެ ބޮޑު އަމާޒަކަށްވާންވާނީ ބްރޭންޑެއް ގާއިމުކުރުމަށެވެ. ނަމަވެސް މިއީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހާސިލްކުރެވޭނެ ކަމެއް ނޫނެވެ. ވިޔާފާރި ކުރިއަރުވައި މީހުންގެ މެދުގައި މަގުބޫލް ބްރޭންޑަކަށް ހެދުމުގެ މަރުހަލާ އަކީ ކެތްތެރިކަމާއި އަމާނާތްތެރިކަން ބޭނުންވާ މަރުހަލާއެކެވެ. އެގޮތުން ވިޔަފާރީގެ ކުރިއެރުމަށް މަގުފަހިކޮށްދޭ، މައިލްސްޓޯންތަކެއް މިލިޔުނުގައި ގެނެސް ދީފައިވާނެއެވެ.
1- ރަނގަޅު މީހުން ހޯދުން
ވިޔަފާރިއެއް ހިންގަން މީހުން ހޯދާއިރު "ރަނގަޅު" މި ބަހުގެ މާނަ ކުރުމުގައި އެތަށް ގޮތަކުން "ރަނގަޅު" މާނަކުރަންވާނެއެވެ. ސަބަބަކީ ވިޔާވާރިވެރިޔާގެ އަމާޒަށް އިޙްލާސްތެރިކަމާއެކު މަސައްކަތް ކޮށްދިނުމާއި ވިޔަފާރިވެރިޔާގެ އަމާޒަށް މަސައްކަތް ކޮށްދޭން ދަންނަ އެކަމުގެ ޤާބިލްކަން ހުރި ފަރާތަކަށް އެފަރާތެއް ނުވަތަ ފަރާތްތައް ވާނެޖެހޭތީއެވެ.
ބިޒްނަސް ސޮފްޓްވެއާ ޕްރޮވައިޑާ "ޓްރޭޑްޝިފްޓް" ގެ ސީއީއޯ އަދި ކޯ ފައުންޑާ ކްރިސްޓިއަން ލެންގް ވިދާޅުވި ގޮތުގައި، އެންމެ ރަނގަޅު މީހުން ހޯދުމަކީ ވިޔާފާރިއެއް އެއްމެ އަވަހަށް ކުރިއެރުވިދާނެ އެއްމެ މުހިއްމު އެއް އަސާސެވެ.
2- އާމްދަނީ ލިބޭ ވަސީލަތްތަކަށް ސަމާލުކަން ދިނުން.
އާމްދަނީ ލިބޭ ވަސީލަތްތަކަށް ސަމާލުކަން ދިނުމަކީ ވިޔާފާރިއެއްގައި ނަމަ އާ ކަސްޓަމަރުން ހޯދަން ބޮޑަށް ފޯކަސް ކުރުމުގެ ބަދަލުގައި ލިބިފައިވާ ރެގިއުލާ ކަސްޓަމަރުން ހިފަހަށްޓަން ބޮޑަށް ފޯކަސްކޮސް އިތުރު ކަސްޓަމަރުން ހޯދަން އިތުރަށް މަސައްކަތްކުރުމެވެ. ނުވަތަ އާމްދަނީ ލިބޭ އެސެޓްތައް ރަނގަޅަށް ބަލަހައްޓަމުން އާމްދަނީ ހޯދުމަށް އިތުރު އެސެޓްސް ހޯދުމަށް ސަމާލުކަން ދިނުމެވެ.
3- ނުރައްކާ ކުޑަކުރުން.
ވިޔަފާރި އެއް ފަށައި ކުރިއެރުވުމުގައި ރިސްކު ނެގުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. ކުޑަ ވިޔާފާރިތަކަށް ކުރިމަތިވާ އެއްމެ ބޮޑު ނުރައްކަލަކީ ކޮމްޕެޓިޓަރުން އުފެދުމުގެ ނުރައްކަލެވެ. އެހެންކަމުން ކުދި ވިޔަފާރިތަކުން ކަސްޓަމަރ ބޭސް އާއި ސަޕްލައި ބޭސް ގެ މައުލޫމާތު ގިނަ ބަޔަކަށް ނޭނގޭނެހެން މަސައްކަތްތައް ރޭވުމަކީ ނުރައްކާ ކުޑަކުރެވިދާނެ ކަމެކެވެ. އަދި ވިޔާފާރި އިންސޫއަރެންސް ކުރުމަކީވެސް ނުރައްކާ ކުޑަކޮށްދޭނެ އެއް ކަމެވެ.
4- މާކެޓާ އެއްގޮތަށް ބަދަލުގެނައުން
ކާމިޔާބު ގިނަ ސްޓާޓްއަޕްތަކުގެ މެދުގައި އެއްގޮތް އެއް ސިފައަކީ މާކެޓަށް އަންނަ ބަދަލުތަކާ ގުޅިގެން އަވަހަށް ޑައިރެކްޝަން ބަދަލުކުރުމުގެ ޤާބިލް ކަން ކަމަށް ވިޔާފާރިތައް ދިރާސާކުރާ ފަރާތްތަކުން އިއްތިފާގުވެއެވެ. އެހެންކަމުން މާކެޓް ނީޑާ އެއްގޮތަށް ގެންނަންޖެހޭ އަވަސް ބަދަލު ރަނގަލޫ ވަގުތުގައި ގެންނަން ކޮންމެހެން ސަމާލުވާން ޖެހޭނެއެވެ.
5- ކަސްޓަމަރުންގެ ތަޖުރިބާއަށް ސަމާލުކަން ދިނުން.
ކަސްޓަމަރުން ނިންމާ ނިންމުންތަކަކީ ވިޔާފާރި ކުރިއެރުމަށާއި ވިޔާފާރި ބަނގުރޫޓް ވުމާ ގުޅިފައިވާ އެއް ކަމެވެ. އެހެންކަމުން ކޮލިޓީ އެކްސްޕީރިއެންސްތަކާއި ޕްރޮޑަކްޓްތައް ޑެލިވަރީ ކޮށްދީ، ކަސްޓަމަރުގެ ފޯކަސް އެހެން ދިމާލަކަށް ބަދަލުވިޔަނުދީ ކަސްޓަމަރ ގެ ނީޑް ފުރިހަމަކޮށްދިނުމށް ސަމާލުކަން ދޭންވާނެއެވެ.
6- ވިޔަފާރިން ލިބޭ ކޮންމެ އެއްޗެއް ވިޔާފާރިއަށް އިންވެސްޓްކުރުން
ވިޔަފާރީގެ ފުރަތަމަ މަރުހަލާގައި ފެންނާނީ ވަރަށް ލީން ޕްރޮފިޓް މާޖިން އެކެވެ. ނުވަތަ އެއްވެސް ފައިދާއެއް ނުފެނިވެސްދާނެއެވެ. އެހެންކަމުން ލިބޭ ކޮންމެ ފައިސާއެއް ސީދާ ތިމާގެ ވިޔަފާރި ކުރިއެރުވުމަށް އިންވެސްޓް ކުރުމަކީ މުހިއްމު ކަމެއްކަމުގައި ދެކޭށެވެ.
7- އަބަދުވެސް ކުރިއަށް ވިސްނާށެވެ.
އަލަށް ފަށާ ސްޓާޓްއަޕް އެއްގައި ވަށައިގެން ދުރަށް ވިސްނުން ބަހައްޓަންވީ ކުރިއަށް ދިމާވެދާނެ ކަންކަމުން ވިޔަފާރިއަށް ކޮސްފާނެ އަސަރު ވީހާވެސް ބޮޑަށް ދެނެގަނެވޭނެ ގޮތެއްގެ މައްޗަށެވެ. އެގޮތުން ކުރިމަތިވެދާނެ ހުރިހާ ސިނާރިއޯއެއްގައިވެސް ވިޔަފާރި ކުރިއަރަމުން އަންނާނެ ގޮތްތަކެއް ރާވާފައި އޮތުމަކީ މުހިއްމު ކަމެކެވެ.
8- ކަސްޓަމަރުންނަށް ޚިދުމަތް އިތުރުކުރުން.
ކަސްޓަމަރުންނަށް އައު ޕްރޮޑަކްޓް ތަކާއި އައު ޚިދުމަތް ތައް ތަޢާރަފްކުރަމުން ދިއުމަކީ އެ ކަސްޓަމަރުންގެ ފަރާތުން އެހެންމީހުންނަށް އެ ވިޔަފާރިއެއް ތަޢާރަފް ކުރެވިދާނެ ގޮތެކެވެ. އެހެންކަމުން އަބަދުވެސް ކަސްޓަމަރުންނަށް އައު ޕްރޮޑަކްޓްތަކާއި އައު އެކްސްޕީރިއެންސް ފޯރުކޮސްދޭން ސަމާލުކަން ދޭން ވާނެއެވެ.
9- ސޯޝަލް މީޑިއާއަށް ސަމާލުކަން ދިނުން.
ވިޔަފާރި ކުރިއެރުވުމަށް އޮތް އަނެއް ގޮތަކީ އިންސްޓަގްރާމް، ފޭސްބުކް އަދި ޓްވިޓާ ފަދަ ސޯޝަލް މީޑިއާގެ ބޮޑެތި ހުރިހާ ޕްލެޓްފޯމެއްގައި ޕްރޮފައިލްތައް ހެދުމެވެ. އެކްޓިވް ޕްރޮފައިލަކުން ވިޔަފާރި މާކެޓްކުރުމުން ކަސްޓަމަރުންނާ މުއާމަލާތް ކުރުމަށް އެހީތެރިވެދެ އެވެ.
10- ނެޓްވޯކިން އިވެންޓްތަކުގައި ބައިވެރިވުން.
ނެޓްވޯކިން އިވެންޓްތަކުގެ ސަބަބުން އިންޑަސްޓްރީގެ މީހުންނާ ގުޅުމުގެ ފުރުސަތު ލިބޭ އިރު، އޭގެ ތެރެއިން ގިނަ މީހުންނަކީ ވިޔަފާރި ކުރިއެރުވުމަށް އެހީތެރިވެދޭނެ ތަފާތު ނަޒަރިއްޔާތަކާއި ވިސްނުންތަކެއް ހުންނަ މީހުންނެވެ. ނެޓްވޯކިން އިވެންޓްތަކުގައި ބައިވެރިވުމުން ލިބޭ ގުޅުންތަކަކީ މުސްތަޤްބަލަށް ފައިދާ ކުރާނެ ކަމެކެވެ.
11- ވާދަވެރިން ދިރާސާކުރުން.
ވާދަވެރިން ދިރާސާކުރުމަކީ ވިޔަފާރި ފެށުމުގެ އެންމެ މުހިންމު ފުރަތަމަ ފިޔަވަޅެވެ. ތިމާގެ ވާދަވެރިންނަކީ ކޮބައިތޯ، ތިބާ ނުކުރާ ކަމަކަށް އެމީހުން ކުރަނީ ކޮންކަމެއްތޯ ބަލަން ވާނެއެވެ. އެކަންކަން ދެނެގަނެވުމުން އިތުރަށް ސަމާލުކަން ދޭންޖެހޭ ދާއިރާތައް އެނގި އުފެއްދުންތެރި ވިޔަފާރީގެ ސްޓްރެޓެޖީއެއް އެކުލަވާލުމަށް މަގުފަހިވެގެންދާނެއެވެ.
