ޒަމާނުއްސުރެ އިންޑިއާގެ ޤަދީމީ ދަރިކޮޅުތަކުން ބޭނުންކުރަމުން އައި ސަގާފީ ޢިލްމުގެ އެހީގައި ތައްޔާރުކޮށްފައިވާ "އަދިވާސީ ނެޗުރަލް ހެއާ އޮއިލް" ރާއްޖޭގައު ވިއްކަން ފަށައިފިއެވެ. މި ތެލަކީ އިންޑިއާގެ ކަރްނާޓަކާގެ 'އަދިވާސީ ހައްކީ ޕިއްކީ' ޤަބީލާގެ ޒަމާންވީ ފަތްޕިލާވެލީގެ ފަރުވާތަކަށް ބިނާކޮށް 'އަދިކޭޝް' ބްރޭންޑުން ބާޒާރަށް ނެރެފައިވާ އުފެއްދުމެކެވެ.

މި އުފެއްދުމުގެ އެންމެ ޚާއްޞަ އެއް ސިފައަކީ، 108 ބާވަތުގެ ޤުދުރަތީ ފަތްޕިލާވެލި އެއްކޮށްގެން ތައްޔާރުކޮށްފައިވާ ޚާއްޞަ ފޯމިއުލާއެކެވެ. މިއީ އިސްތަށިގަނޑާއި ބޮލުގެ ހަންގަނޑަށް ބޭނުންވާ ފައިދާތައް ފޯރުކޮށްދީ، އިސްތަށިގަނޑުގެ ބުޑުތައް ވަރުގަދަކުރުމަށާއި، އިސްތަށި ފޭބުމާއި ހަންފޮޅުމުގެ މައްސަލަތަކަށް ޙައްލެއް ހޯދައިދިނުމަށް އެހީތެރިވެދޭ އުފެއްދުމެއް ކަމަށް އުފައްދާ ފަރާތުން މަޢުލޫމާތު ދެއެވެ.

ދެކުނު އޭޝިއާގެ ސަގާފަތުގައި ޒަމާނުއްސުރެ އިސްތަށިގަނޑުގައި ތެޔޮލުމަކީ ދުޅަހެޔޮކަމަށްޓަކައި ކުރަމުން އަންނަ މުހިންމު ކަމެކެވެ. އެގޮތުން ބޮލުގެ ހަންގަނޑުގައި މަޑުމަޑުން ތެޔޮ މަސާޖުކޮށް، ދޮވެލުމުގެ ކުރިން އިސްތަށިގަނޑަށް އެ ތެލުގެ ފައިދާ ލިބެން ވަގުތު ދިނުމަކީ ޢާންމު އާދައެކެވެ. "އަދިވާސީ ހެއާ އޮއިލް" އިން ވެސް މި ޒަމާންވީ ސަގާފަތް މި ޒަމާނުގެ ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުވައިދެއެވެ.

މި އުފެއްދުމުގެ އަސްލު އަގަކީ ފުޅިއެއް 500 ރުފިޔާ ނަމަވެސް، މިހާރު ކުރިއަށްދާ ހޮޓެލް އޭޝިއާ އެކްސްޕޯގެ މުއްދަތުގައި ޚާއްޞަ ޕްރޮމޯޝަނެއްގެ ދަށުން އެކްސްޕޯއިން މީގެ ތެޔޮ ފުޅިއެއް 350 ރުފިޔާއަށް ގަންނަން ލިބޭނެއެވެ. މީގެ އިތުރުން، އެއްފަހަރާ ދެ ފުޅި ނަގާ ފަރާތްތަކަށް 900 ރުފިޔާއަށް ދެ ފުޅި ލިބޭނެ ޚާއްޞަ ޕެކޭޖެއް ވެސް ވަނީ ތަޢާރަފުކޮށްފައެވެ. ބޮލުގައިލާ ތެލުގެ އިތުރުން ބޮލުގެ ތަދު ތަކާއި ތަދުވާތަންތަނުގައި އުނގުޅާ ޚާއްސަ ތެލެއްވެސް ލިބެން ހުރިކަން ފާހަގަކޮށްލެވެއެވެ.

އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ އިތުރުން، ގޭގައި ތިބެގެން މި އުފެއްދުން ގަންނަން ބޭނުންވާ ފަރާތްތަކަށް ޑެލިވަރީގެ ޚިދުމަތް ވެސް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި އުފެއްދުން ބޭނުންކުރި ގިނަ ފަރާތްތަކުން ފާހަގަކޮށްފައިވާ ގޮތުގައި، މި ތެލުގެ ސަބަބުން އިސްތަށިގަނޑު އޮމާންވެ، އިސްތަށި ފޭބުން މަދުވެ، ގުދުރަތީ ވިދުން އިތުރުވެގެންދެއެވެ. އެހެންނަމަވެސް، ކޮންމެ މީހެއްގެ ހަށިގަނޑާއި އިސްތަށިގަނޑުގެ ތަފާތުތަކަށް ބަލާއިރު ނަތީޖާ ތަފާތުވުމަކީ އެކަށީގެންވާ ކަމެކެވެ.

ޒަމާނީ ކޮސްމެޓިކްސް އުފެއްދުންތަކުގެ ބަދަލުގައި، ޤުދުރަތީ ސާދާ ގޮތްތަކަށް ލޯބިކުރާ މީހުންނަށް "އަދިވާސީ ނެޗުރަލް ހެއާ އޮއިލް" ވެގެންދާނީ އިސްތަށިގަނޑުގެ ފަރުވާއަށް ލިބޭނެ ފުރިހަމަ ޙައްލަކަށެވެ. މިހާރު މި އުފެއްދުން ރާއްޖޭގައި މިވަގުތު ކުރިއަށްދާ ހޮޓެލް އޭޝިއާގެ 2 އެކްސްޕޯ ލިބެން އެބަހުއްޓެވެ. މިތެޔޮ ގަންނަންބޭނުންވާ ފަރާތްތަކުން 00916364759791 އަށް ވަޓްސްއެެޕްއިން ގުޅައިގެން ނުވަތަ މެސެޖް ކޮށްގެން އޯޑަރ ކުރެވޭނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *