ކްރިޕްޓޯ ކަރަންސީގެ ބޮޑެއް ކަމަށްވާ ސޭމް ބޭންކްމަން ފްރައިޑްގެ މައްސަށް މަަކަރާއި ހީލަތުގެ މައްސަލަ ސާބިތުވެއްޖެއެވެ.

ސޭމްއަކީ ކުރީގެ ކްރިޕޯޓޯ ކަރަންސީ އެކްސްޗޭންޖެއް ކަމަށްވާ އެފްޓީއެކްސްގެ ފައުންޑާއެވެ. އޭނާގެ މި މައްސަލަ އެމެރިކާގެ އިދާރާތަކުން ސިފަ ކުރަނީ އެ ޤައުމުގެ ތާރީހުގައި ހިނގި އެންމެ ބޮޑު މާލީ ފްރޯޑުގެ ގޮތުގައެވެ.

އެމެރިކާގެ ކޯޓެއްގައި ޖޫރީން ވަނީ މަކަރާއި ހީލަތުގެ ކުށާއި އެމްބެޒެލްމަންޓް އަދު ކްރިމިނަލް ކޮންސްޕިރެސީގެ ދައުވާ ހިމެނޭހެން ހަތް ދައުވާއެއް ސޭމްގެ މައްޗަށް ސާބިތުވާކަމަށް ނިންމާފައެވެ.

މި މައްސަލައިގައި ސޭމްގެ މައްޗަށް ވަނީ މަކަރާއި ހީލަތުން އޭނާގެ ކުންފުނީގެ ކަސްޓަމަރުން އަތުން 10 ބިލިއަން ޑޮލަރު ވަގަށް ނަގާފައިވާ ކަމަށް ތުހުމަތު ކޮށްފައެވެ. މި ފަންޑުތައް ބޭނުންކޮށްގެން އޭނާ ޕްރޮޕަޓީތައް ގަނެފައިވާ ކަމަށާއި ފެއިލްވުމުގެ ފުރުސަތު ބޮޑު އިންވެސްޓްމަންޓްތައް ކުރިކަމަށާއި ސިޔާސީ ކެމްޕޭންތަކަށް ފަންޑު ކުރިކަމަށް ވެސް ވަނީ ފާހަގަކޮށްފައެވެ.

އުމުރުން 31 އަހަަރުގެ ސޭމްގެ މައްޗަށް މި ކުށްތައް ސާބިތުވެފައިވާއިރު ކޯޓުގެ ހުކުމާއެކު އޭނާއަށް 110 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ބެލެވެއެވެ.

އެފްޓީއެކްސް ބަނގުރޫޓުވެއްޖެ ކަމަށް ފައިލް ކުރީ މިދިޔަ އަހަރުއެވެ. މި އިއުލާން ވެގެންދިޔައީ އެމެރިކާގެ ފައިނޭންޝަލް މާކެޓަށް ބޮޑު ޝޮކަކަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް