ވަރަށް ގިނަ ފަހަރަށް ގިނަބަޔަކު ތަނަކަށް އެެއްވިޔަސް، ނުވަތަ އެކަނި މީހަކު ހުންނަ ގަޑީގައި ބަނޑުހައިވެ ފޫހިވިޔަސް، ކާން އޯޑަރުކުރާ ހިތްވާނެ އެއްޗަކީ ޕިއްޒާއެވެ. މިފަހުގެ އަހަރުތަކުގައި މާލޭގައި ޕިއްޒާ ވިއްކާ ކިތަންމެ ރެސްޓޯރެންޓެއްވެސް ހުޅުވިއްޖެއެވެ. އެހެނަސް އަދިވެސް ގިނަބަޔަކު ކުރާ ޝަކުވާއަކީ އެންމެ ކަމުދާ ފެންވަރުގެ ޕިއްޒާ ވަރަށް މަދުން ނޫނީ ލިބެން ނެތުމެވެ.

އެހެނަސް ދާދިފަހުން ހުޅުމާލޭގައި އަލަށް ހުޅުވި ޕިއްޒާ ކިޗަން ރެސްޓޯރެންޓަކީ ކޮލިޓީ ރަނގަޅު ފެންވަރުގެ ޕިއްޒާ ފޯރުކޮށްދޭނެ ތަނެއްކަމަށް އެތަނުގެ މެނޭޖްމަންޓުން ޔަގީންކަން ދެއެވެ.

ދިވެހިރާއްޖޭގެ ކެއްކުމުގެ ދާއިރާގައި މަޝްހޫރު ފަރާތެއް ކަމަށްވާ ޝެފް ސައީދު މަސައްކަތްކުރައްވާ ޕިއްޒާ ކިޗަންގެ ހުރިހާ ޕިއްޒާއަކީވެސް އެތަނުގެ އަމިއްލަ ރެސިޕީއެވެ. މިއިން ކޮންމެ ޕިއްޒާއެއްގެ ކޮންމެ ފޮއްޗަކުން ޝެފް ސައީދުގެ ތަޖުރިބާ ދައްކުވައިދީ، އުފާކުރުވާނެކަމަށް ޕިއްޒާ ކިޗަނުން ބުނެއެވެ. މިތަނުގައި ޗިކަން، ބީފް އަދި ސީފުޑް ޕިއްޒާގެ ތަފާތު ވައްތަރުތައް ލިބެން ހުރިއިރު، އޭގެ ތެރޭގައި ބޭރުގެ އަދި ދިވެހި ރަހަތަކުގެ ތަޖުރިބާވެސް ލިބިގެންދާނެކަން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން ޕިއްޒާ ކިޗަންގެ ފަރާތުން ވަނީ ކުޑަކުދިންނަށް ޚާއްސަކޮށްގެން އެކުދިންގެ ރަހަތަކާއި ގުޅޭނެފަދަ ގޮތަކަށް ޚާއްސަ ޕިއްޒާއެއްވެސް ތައާރަފްކޮށްފައެވެ. މި ޕިއްޒާ ތައްޔާރުކޮށްފައި ވަނީ ކުޅިމަޑުކޮށް، ޗިކަން ނަގެޓްގެ ޓޮޕިންގްސްއާއި އެކުގައެވެ.

ޕިއްޒާ ކިޗަންގެ ފަރާތުން މައުލޫމާތުދޭ ގޮތުގައި އެތަނުގެ ތިން ކްރަސްޓް ޕިއްޒާއަކީ ކަސްޓަމަރުންގެ މެދުގައި ވަރަށް މަގުބޫލު އެއްޗެކެވެ. 12 އިންޗީގެ މި ޕިއްޒާގެ މަގުބޫލުކަން ފާއިތުވި މުއްދަތުގެ ތެރޭގައި އާންމުންގެ ތެރޭގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މީގެ އިތުރުން އެތަނުގެ ޚާއްސަ އުފެއްދުމެއް ކަމަށްވާ ގާލިކް ބްރެޑް އަދި ރިހާކުރަކީވެސް ކުޅުދިޔާކޮށްލާ ފަދަ މީރު އުފެއްދުމެކެވެ.

ޕިއްޒާ ކިޗަނުން ލިބެން ހުންނާނީ ހަމައެކަނި ޕިއްޒާގެ ބާވަތްތަކެއް ނޫނެވެ. އޭގެ އިތުރުން ތަފާތު ބާވަތްތަކުގެ ސެލެޑް، ސޭންޑްވިޗް އަދި ފޮކޭސިޔާ ބްރެޑްތަކުގެ އަޖުމަ ބަލާލުމުގެ ފުރުސަތުވެސް ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ. އަދި ދާދިފަހުން މިތަނުން ވަނީ ބްރޭކްފާސްޓް ޕެކޭޖްތަކެއްވެސް ތައާރަފްކޮށްފައެވެ.

ޕިއްޒާ ކިޗަންގެ މެނޭޖްމަންޓުން މައުލޫމާތުދޭ ގޮތުގައި އެތަނުގެ ހުރިހާ އުފެއްދުންތައްވެސް ތައްޔާރުކުރާނީ ސާފުތާހިރުކަމަށް އިސްކަންދީ، އެޗްޕީއޭގެ މިންގަނޑުތަކާއިވެސް އެއްގޮތަށެވެ. މި އުފެއްދުންތައް އެ ރެސްޓޯރެންޓަށް ގޮސް ކެއުމުގެ ފުރުސަތުވެސް އޮންނާނެއެވެ. އަދި 3356565 ނަންބަރަށް ގުޅައިގެންވެސް އޯޑަރކުރުމުން ހުޅުމާލެ ސަރަހައްދުގައި ފްރީ ޑެލިވަރީ ކޮށްދޭނެއެވެ. މީގެ އިތުރުން 7889696 އަށް ވައިބަރ ކޮށްލައިގެންވެސް ޕިއްޒާ އޯޑަރ ކުރެވޭނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *