ހުޅުމާލޭގެ މަގުބޫލު ޕިއްޒާ އައުޓްލެޓެއްކަމަށްވާ ޕިއްޒާ ކިޗަން ފަލަސްތީނުގެ ރައްޔިތުންނާ އެކުގައިވާކަން އަންގައިދިނުމުގެ ގޮތުން ޚާއްސަ ހަރަކާތްތަކެއް ހިންގުމަށް ނިންމައިފިއެވެ.

އެގޮތުން ޕިއްޒާ ކިޗަނުން ވަނީ، އެއްމަސް ދުވަސް ވަންދެން އެތަނުން ގަންނަ ކޮންމެ ޕިއްޒާއެއްގެ 10 އިންސައްތަ، ފަލަސްތީނަށް އެހީތެރިވުމަށް އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)އިން ކުރިއަށްގެންދާ ހަރަކާތަށް ހަދިޔާކުރުމަށް ނިންމާފައެވެ.

ކޮވިޑުގެ ބަލިމަޑުކަމާއެކު އަޅާފައިވާ ހަރުކަށިފިޔަވަޅުތަކާއެކު ވިޔަފާރިއަށް އަންނަނީ ވަރަށްބޮޑެތި ގެއްލުންތަކާއި ކުރިމަތިލަމުންނެވެ. ޕިއްޒާކިތަން ފާހަގަކޮށްލެވެނީ މިފަދަ އިޖުތިމާއީ އަދި އިންސާނީ އެހީތެރިކަމަށް އިސްނަގައިގެން މަސައްކަތްކުރާ ރެސްޓޯރަންޓްއެއްގޮތަށެވެ.

ފަލަސްތީނަށް އިޒްރޭލުގެ އިސްތިއުމާރީ ބާރުން ހިންގަމުން އަންނަ ލާއިންސާނީ ހަމަލާ އަނަންނީ ރާއްޖޭގެ ވިޔަފާރިތަކުން ކުއްވެރިކޮށް އަދި އިޒްރޭލުގެ އުފެއްދުންތައް ބޮއިކޮޓް ކުރަމުންނެވެ.

ޕިއްޒާ ކިތަންގެ ޕިއްޒާއަށް އޯޑަރުކުރުމަށް 3356565 ނަންބަރަށް ގުޅައިގެންވެސް މާލެ ސަރަޙައްދުގައި ފްރީ ޑެލިވަރީ ކޮށްދޭނެއެވެ. މީގެ އިތުރުން 7876565 އަށް ވައިބަރ ކޮށްލައިގެންވެސް އޯޑަރ ކުރެވޭނެއެވެ.

ޕިއްޒާ ކިޗަން ހުންނާނީ ހުޅުމާލޭގެ ހިތިގަސް މަގުގެ 6ވަނަ ގޯޅީގައެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *