ބައިސްކަލަކީ މިހާރު ރާއްޖޭގެ ގިނަ ބައެއްގެ މެދުގައި މަގުބޫލު އުޅަނދެކެވެ. ތިމާވެއްޓާ ރައްޓެހި އުޅަނދުގެ ގޮތުގައި ސިފަ ކޮށްފައިވާ ބައިސްކަލަކީ ކަސްރަތު ކުރުމުގައިވެސް މުހިންމު އެއްޗެކެވެ. އަގުހެޔޮކޮށް ބައިސްކަލު ގަންނަން ބޭނުންވާ މީހުންނަށް މިހާރު މިއޮތީ ރަނުގެ ފުރުސަތެކެވެ.
މާލެއާއި ކުޅުދުއްފުށީގައި ހުންނަ ބެސްޓްބަޑީއަކީ މިވަގުތު ރާއްޖޭގައި އެންމެ ހެޔޮ އަގުގައި ބައިސްކަލު ވިއްކާ ފިހާރައޭ ބުނުން ދޮގަކަށް ނުވާނެއެވެ. އެ ފިހާރައިން ލިބެން ހުންނަ ބައިސްކަލުތަކަކީ މިވަގުތު ބާޒާރުގައި އެންމެ ހެޔޮ އަގުގައި ލިބެން ހުރި ބައިސްކަލެވެ.
ބެސްޓްބަޑީން ހުރިހާ އުމުރުފުރާއަކާ ގުޅޭ ބައިސްކަލުވެސް ލިބެން ހުންނާނެއެވެ. މީގެ ތެރޭގައި ކުޑަ ކުދިންނާއި ބޮޑެތި މީހުންގެ އިތުރުން އުމުރުން ދުވަސް މީހުންނަށް ދުއްވަން ފަސޭހަ ބެޓަރީ ބައިސްކަލުވެސް ހިމެނެއެވެ.
ބެޓަރީ ބައިސްކަލަކީ ހަމައެކަނި އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ އުފެއްދުމެއް ނޫނެވެ. ގިނަ އަދަދެއްގެ ޒުވާނުންނާއި މެދު އުމުރުގެ މީހުންގެ މެދުގައިވެސް މި ބައިސްކަލު ވަނީ މަގުބޫލުވެފައެވެ.
ބެސްޓްބަޑީން ވަނީ މި ރޯދަމަހަށް ހާއްސަ ސޭލެއްވެސް ފަށައިފައެވެ. މި ސޭލުގެ ދަށުން ބައިސްކަލު މާބޮޑަށްވެސް އަގުހެޔޮވާނެއެވެ.
އެ ފިހާރައިން ވިއްކާ ހުރިހާ ބައިސްކަލަކީވެސް ކޮލިޓީ ރަނގަޅު ބައިސްކަލެވެ. އެ ފިހާރައިން ކަސްޓަމަރުންނަށް ޑެލިވަރީގެ ހިދުމަތް ވެސް ދޭނެއެވެ.
މާލޭގައި ބެސްޓްބަޑީގެ ފިހާރަ ހުންނާނީ މާފަންނު ޖަވާހިރު މަގުގައެވެ.

