މޯލްޑިވިއަން އިން ރީފަންޑް ޕޯޓަލް އެއް ތަޢާރަފްކޮށްފިއެވެ.
މޯލްޑިވިއަން އިން ބުނެފައިވަނީ މިޕޯޓަލް ތަޢާރަފް ކުރުމުގެ ބޭނުމަކީ ރިފަންޑް ކުރުމުގެ ޚިދުމަތް ކަސްޓަމަރުންނަށް ފަސޭހަ ގޮތެއްގައި ފޯރުކޮށްދިނުން ކަމަށެވެ.
ރިފަންޑް ޕޯޓަލް އަށް ވަދެވޭނީ އައިލެންޑް އޭވިއޭޝަން ގެ ވެބްސައިޓް މެދުވެރިކޮށް ކަމަށާއި ޕޯޓަލް މެދުވެރިކޮށް ރިފަންޑް ކުރުމާއި ބޭންކު މެދުވެރިކޮށް ކުރާ މުޢާމަލާތްތައްވެސް ފަސޭހަ ކަމާއި އެކު ކުރެވޭނެ ކަމަށް އެކުންފުނިން ބުނެފައިވެއެވެ.
މިޕޯޓަލް އަށް ފަސޭހަ ކަމާއި އެކު ރިފަންޑަށް އެދި ހުށައެޅުމުގެ އިތުރުން، ރިފަންޑިން ގެ މަސައްކަތް ކުރިއަށް ދާވަރު ފަސޭހަ ކަމާއި އެކު ބަލާލެވޭނެ ކަމަށް މޯލްޑިވިއަން އޮޕަރޭޓް ކުރާ އައިލެންޑް އޭވިއޭޝަނުން ބުނެފައިވެއެވެ.
މީގެ އިތުރުންވެސް މި ޕޯޓަލް ކަސްޓަމަރުންނަށް 24 ގަޑިއިރު ޚިދުމަތް ދިނުމަށް ހުޅުވާލެވިފައި ހުންނާނެއެވެ.

