ދިވެހިރާއްޖެއިން ތުރުކީވިލާތައް އެކްސްޕޯޓްކުރާ މަހުން ނަގާ ޓެރިފް ކުޑަ ކުރުމަށް މުހިންމު މަޝްވަރާތަކެއް ކޮށްފިއެވެ.

މިމަޝްވަރާތައް ކޮށްފައިވަނީ ރައީސް ޑރ މުޙައްމަދު މުޢިއްޒު، ތުރުކީވިލާތުގެ މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑު ފޮރެސްޓްރީ އިބްރާހީމް ޔުމާކްލީ އާއިއެކުއެވެ.

މިމަޝްވަރާތައް ކުރެއްވީ ތުރުކީވިލާތުގެ މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑު ފޮރެސްޓްރީ އިބްރާހިމް ޔުމާކްލީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް ކުރެއްވި އިޙުތިރާމުގެ ޒިޔާރަތުގައެވެ.

މިބައްދަލުކުރެއްވުން އޮތީ ތުރުކީވިލާތުގެ އަންކާރާގައި ހުންނަ ޕްރެޒިޑެންޝަލް ގެސްޓްހައުސްގައެވެ.

މި ބައްދަލުވުމާއި ގުޅޭގޮތުން ޚާރިޖީ ވަޒީރު މޫސާ ޒަމީރު ކުރައްވައިފައިވާ ޓްވީޓެއްގައި ވިދާޅުވީ، މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑު ފޮރެސްޓްރީ އިބްރާހިމް ޔުމާކްލީ އާއި ބައްދަލުކުރައްވައި ރާއްޖެއާ އެޤައުމާ ދެމެދު ދަނޑުވެރިކަމާއި މަސްވެރިކަމާއި އަދި އެކުއަކަލްޗަރގެ ދާއިރާއިން ގުޅުންތައް ބަދަހި ކުރުމަށް މަޝްވަރާތައްކޮށްފައިވާ ކަމަށެވެ.

އަދި ރާއްޖެއިން ތުރުކީއަށް އެކްސްޕޯޓު ކުރާ ކަނޑުމަހުން ނަގާ ޓެރިފް ކުޑަކުރުމާއި ގުޅޭގޮތުންވެސް މަޝްވަރާކޮށްފައިވާ ކަމަށް ވަޒީރު ޒަމީރު ވިދާޅުވިއެވެ.މި ބައްދަލުކުރެއްވުމުގައި ދެ ޤައުމަށް މަންފާވާނެ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރުމުގެ މައްޗަށް މަޝްވަރާ ކުރެވުނެވެ. މިގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ތުރުކީވިލާތާ ދެމެދު ގުޅުން ބަދަހިކުރެވިފައިވާ ދާއިރާތަކުން އިތުރަށް ގުޅުން ވަރުގަދަ ކުރުމާއި، ދޭދޭ އަދި ބައިނަލްއަޤްވާމީ ކަންކަމުގައި އިތުރު ދާއިރާތަކުން އެއްބާރުލުން ދިނުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

ދެ ބޭފުޅުންގެ މަޝްވަރާތަކުގައި، ދެ ޤައުމުގެ ދެމެދުގައި ދަނޑުވެރިކަމާއި މަސްވެރިކަން ކުރިއެރުވުމާ ބެހޭގޮތުން ވާހަކަފުޅުދެއްކެވިއެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު އަދި މިނިސްޓަރ ޔުމާކްލީ ވަނީ ދަނޑުވެރިކަމުގެ ދާއިރާއިން ދިވެހިރާއްޖެއަށް ޚާއްސަ ތަމްރީނު ޕްރޮގްރާމްތައް އެކުލަވާލައި ހިންގުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

ރާއްޖެއިން ތުރުކީއަށް އެކްސްޕޯޓު ކުރާ ކަނޑުމަހުން ނަގާ ޓެރިފް ކުޑަކުރުމާއި ގުޅޭގޮތުން ތުރުކީގެ އެގްރިކަލްޗަރ އެންޑު ފޮރެސްޓްރީ މިނިސްޓަރާއި އެކު މަޝްވަރާކުރައްވާފައިވާއިރު، ތުރުކީވިލާތުގެ މަހުގެ ބާވަތްތައް އުފައްދާ ކާރުޚާނާތަކުގެ މެދުގައި ގުޅުން ބަދަހިކުރުމާ ބެހޭގޮތުން އެގައުމުގެ ޑެޕިއުޓީ މިނިސްޓަރ އޮފް ޓްރޭޑް، މުސްތަފާ ޓުޒްކޫ އާއި އެކު ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވަނީ މަޝްވަރާކުރައްވާފައެވެ.

މިމަޝްވަރާތައް ކުރެއްވީ ތުރުކީވިލާތުގެ ޑެޕިއުޓީ މިނިސްޓަރ އޮފް ޓްރޭޑް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ކުރެއްވި އިޙުތިރާމުގެ ޒިޔާރަތުގައެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *