ވޭތިވެދިޔަ 27 އަހަރުގެ ތެރޭގައި އެއްމެ ގިނައިން މަސްގަނެފައިވަނީ މިދިޔަ ޖެނުއަރީމަހުކަމަށް މިފްކޯއިން ބުނެފިއެވެ.
މިސްކޯއިން ބުނީ ޖެނުއަރީ މަހު އެ ކުންފުންޏަށް 8،324 ޓަނުގެ މަސް ކިރުވައި، އެއް މަސް ދުވަހުގެ ތެރޭގައި އެންމެ ގިނަ މަސް ކިރުވުމުގެ ރެކޯޑް އެ ކުންފުނިން ގާއިމްކޮށްފައިވާ ކަމަށެވެ.
1997 އިން ފެށިގެން އެންމެ ގިނައިން މަސް ކިރުވީ މިދިޔަ މަހު ކަމަށް އެ ކުންފުނިން ބުނެފައި ވާއިރު، މަސް ކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި އެ ކުންފުނިން މިހާރު ދަނީ ފައިސާ ދޫކުރަމުންނެވެ.
އެހެންކަމުން ޖެނުއަރީ މަހު އެ ކުންފުނިން 133،184،000 ރުފިޔާ މަސްވެރިންނަށް ވާނީ ދޫކޮށްފައެވެ.

