އެމެރިކާގެ ބަޖެޓުން ބޮޑުބައެއް ކަނޑާނުލައިފިނަމަ އެމެރިކާ ބަނގުރޫޓް ވާނެކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނާލްޑް ޓަރްމްޕްގެ އެއްމެ އަރިސް އަދި އެއްމެ ނުފޫޒުގަދަ އެއް ފަރާތްކަމަށްވާ ސްޕޭސް އެކްސް ގެ ވެރިޔާ ބިލިއަނަރ އީލޮން މަސްކްދެއްވައިފިއެވެ.

ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި ފެޑެރަލް ހަރަދުތައް ކުޑަކުރުމުގެ މަސައްކަތުގައި އިސްކޮށް ހުންނެވި ބިލިއަނަރު ވައިޓް ހައުސްގެ އޯވަލް އޮފީހުގައި އެމެރިކާގެ ރައީސް ޓްރަމްޕް އާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ޑީއޯޖީއީ (ޑިޕާޓްމަންޓް އޮފް ގަވަމެންޓް އެފިޝަންސީ) ގެ ޗީފް ގެ މަޤާމުވެސް އަދާކުރަމުން އަންނަ އީލޮން މަސްކް ވިދާޅުވީ ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަކީ އޮޕްޝަނެއް ނޫން ކަމަށާއި އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ. އަދި ބަޖެޓުން ބޮޑު ބައެއް ކަނޑާނުލައިފިނަމަ އެމެރިކާ "ބަނގުރޫޓު" ވާނެ ކަމުގެ އިންޒާރުވެސް ވަނީ ރައީސް ޓްރަމްޕް އަށް ދެއްވާފައެވެ.

އެމެރިކާ ސަރުކާރުގެ ފެޑެރަލް ޙަރަދުތައް ކުޑަކުރުމަށްޓަކައި "ޑިޕާޓްމަންޓް އޮފް ގަވަމެންޓް އެފިޝަންސީ" (ޑީއޯޖީއީ) ގެ ނަމުގައި އައު ޑިޕާޓްމަންޓެއް އުފައްދަވައި އެ ޑިޕާޓްމަންޓްގެ ހިންގުން ޙަވާލުކޮށްފައިވަނީ ބިލައަނަރ އީލޮން މަސްކް އާއިއެވެ. މަސްކް ވަނީ ފެޑެރަލް ބިއުރޮކުއރަސީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ސަރުކާރުގެ ނިންމުންތަކަށް ބޯނުލަބާ މައްސަލައި ޝަކުވާވެސް ކުރައްވާފައެވެ. އެއާއެކު ޑީއޯޖީއީގެ އެންގުންތަކާ އެއްގޮތަށް ފެޑެރަލް އެޖެންސީތަކުން އަމަލުކުރުމަށް އަންގާ އެގްޒެކެޓިވް އަމުރެއްވެސް ވެސް ޓްރަމްޕް ވަނީ ނެރުއްވާފައެވެ.

ޓްރަމްޕް ނެރުއްވާފައިވާ އާ އަމުރުގެ ދަށުން ފެޑަރަލް އެޖެންސީތަކުން ވަޒީފާއިންވަކިވާ ކޮންމެ ހަތަރު މުވައްޒަފަކަށް އެންމެ މުވައްޒަފަކު ނެގުމުގެ ހުއްދަ އެޖެންސީތަކަށް މިހާރު ލިބޭނެ އެވެ. އަދި އެ އެންމެ މުވައްޒަފަކު ވެސް ވަޒީފާއަށް ނެގުމަށް ޓަކައި އެ އެޖެންސީގެ އިސްވެރިން އެންމެ ފުރަތަމަ ޖެހޭނީ ޑީއޯޖީއީގެ ލަފާ ހޯދުމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް