ބޭންކް އޮފް މޯލްޑިވްސްގެ ވިޔަފާރި ފައިނޭންސިންގ އަށް ބޮޑު ލުއިތަކެއް ގެނެސްފި އެވެ.

ބޭންކް އޮފް މޯލްޑިވެސް އިން ވިޔަފާރިތަކަށް ދޫކުރަމުން އައި ފައިނޭންސިންގެ ތެރެއިން ރިއަލް އެސްޓޭޓް ފައިނޭންސިން އާއި ގެސްޓްހައުސް ފައިނޭންސިން އަދި ވޯކިން ކެޕިޓަލް ފައިނޭންސިން އަށް ވަނީ ބޮޑތި ލުއި ގޮތްތަކެއް ތަޢާރަފް ކޮށްްފައެވެ.

އެގޮތުން ރިއަލްއެސްޓޭޓް ފައިނޭންސިންއަށް ގެނައި ބަދަލުތަކުގެ ތެރޭގައި ހިމެނެނީ ފައިންނޭންސިންގ ދޫކުރާ އިރު ބަހައްޓަންޖެހޭ އިކުއިޓީ 30 ޕަސެންޓުން 20 ޕަސެންޓަށް ދަށް ކުރުމާއި ލޯނު އަނބުރާ ދެއްކުމުގެ މުއްދަތު 15 އަހަރުން 20 އަހަރަށް އިތުރު ކުރުމެވެ. އަދި ކޮންޓްރެކްޓަރުންނާއި ރިއަލް އެސްޓޭޓް ޑިވެލޮޕަރުންނާއި ކުންފުނިތަކާއި މުއައްސަސާތަކާއި ރަޖިސްޓްރީ ކޮށްގެން ހިންގާ އެހެނިހެން އިދާރާތަކަށް ވެސް ދިގު މުއްދަތުގެ ކުލީ އެގްރީމެންޓާއެކުފައިނޭންސިންއަށް ހުށަހެޅޭނެ ގޮތަށް މިހާރުވަނީ ވަނީ ބަދަލު ގެނެސްފަ އެވެ.

ގެސްޓް ހައުސް ފައިނޭންސިންއަށް ގެނައި ބަދަލުތަކުގެ ތެރޭގައި ފައިނޭންސިންއަށް ހުށަހަޅާ ގެސްޓްހައުސް ރަހުނުގެ ގޮތުގައި ބެހެއްޓޭ ގޮތަށް ހަމަޖހެއްސުމާއި، ސްޓްހައުސް ހިންގާތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާނަމަ 11 ޕަސެންޓުގެ ރޭޓުން ލޯނު ދޫކުރުމަށް ނިންމުމާއި، އަލަށް ފަށާ ގެސްޓްހައުސްތަކަށް 12 ޕަސެންޓުގެ ރޭޓުން ލޯނު ދޫކުރާ ގޮތަށް ހަމަޖެއްސުމެވެ.

މީގެ އިތުރުން ވޯކިން ކެޕިޓަލް ފައިނޭންސިންއަށް ގެނައި ބަދަލުތަކުގެ ތެރޭގައި ހިމެނެނީ މަހެއްގެ މައްޗަށް ވިޔަފާރިއަށް ލިބޭ އާމްދަނީގެ 2.5 ގުނަ އިތުރަށް ލޯނު ނެގޭ ގޮތަށް ހަމަޖެއްސުމާއި ގިނަ ވިޔަފާރިތަކަށް ފުރުސަތު ހޯދައިދިނުމުގެ ގޮތުން ލޯނުތަކުގެ ޝަރުތުތައް ލުއިކުރުން ހިމެނެ އެވެ.

ބީއެމްއެލްއިން ވަނީ މިދިޔަ އާދިއްތަ ދުވަހު ހައުސިން ފައިނޭންސިން ފެސިލިޓީތަކަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *