މި އަހަރަކީ އެމްޑަބްލިއުއެސްސީއަށް 30 އަހަރު ފުރޭ އަހަރު ކަމަށް ވުމާއި އެ މުނާސަބަތާއި ރޯދަ މަހާ ގުޅުވައިގެން، އެ ކުންފުނީގެ އެޕްލިކޭޝަން މެދުވެރިކޮށް ބިލު ދައްކާ ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި ތިން ކަސްޓަމަރަކަށް އުމްރާ ދަތުރެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

"އެކުވެރި ރޯދަ 30″ ގެ ނަމުގައި ހިންގާ އެ ޕްރޮމޯޝަންގެ މަގުސަދަކީ ރޯދަ މަހާ ގުޅުވައިގެން އެ ކުންފުނީގެ ކަސްޓަމަރުންނަށް ފަހި ފުރުސަތެއް ތަނަވަސްކޮށްދިނުމާއެކު ވީހާވެސް ގިނަ ކަސްޓަމަރުން އެމްޑަބްލިއުއެސްސީގެ އެޕްލިކޭޝަނަށް އަހުލުވެރިކޮށް އެ ބޭނުންކުރާ ކަސްޓަމަރުން އިތުރުކުރުމެވެ.

ބިލް ދެއްކުމަށް ކައުންޓަރުތަކަށް އައުމުގެ ބަދަލުގައި އެޕް ފަދަ ޒަމާނީ ވަސީލަތްތައް ބޭނުންކުރުމަށް އާންމުންނަށް ބާރު އެޅުމާއި ކައުންޓަރަށް އައުމުގެ ބަދަލުގައި އެޕުން ބިލް ދައްކައިގެން ވަގުތު ސަލާމަތް ކުރުމާއި އެ ކުންފުނީގެ ހިދުމަތްތައް ޑިޖިޓަލައިޒްކޮށް ފަސޭހަކުރުމަކީ ވެސް މަގުސަދެކެވެ.

މިއަދުން ފެށިގެން މި މަހުގެ ނިޔަލަށް ހިނގާ މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ:

  • އެމްޑަބްލިއުއެސްސީގެ ޑޮމެސްޓިކް ކަސްޓަމަރުން
  • ޕްރޮމޯޝަންގެ މުއްދަތުގެ ތެރޭގައި އެމްޑަބްލިއުއެސްސީގެ އެޕް މެދުވެރިކޮށް ބިލަށް ފައިސާ ދައްކާ ކަސްޓަމަރުން
  • ޕްރޮމޯޝަންގެ މުއްދަތު ހަމަވާ އިރު ފައިސާ ދެއްކުމުގެ މުއްދަތު ހަމަވެފައިވާ ފެން ބިލެއް އަދި ނުވަތަ އަދަދެއް ނުދައްކައި ނެތް ކަސްޓަމަރުން

ޕްރޮމޯޝަންގެ ދަށުން ގުރުއަތުން ހޮވޭ ނަސީބުވެރި ތިން މީހުން އިއުލާންކުރާ ތާރީހުން ފެށިގެން އެއް އަހަރުގެ ތެރޭގައި އުމްރާ ދަތުރުގެ ބޭނުންކުރަން ވާނެ އެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް