ރެޕިއުޓްގެ އާ ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފިއެވެ. މިއީ ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ލިބިގެންދާނޭ ވަރަށްވެސް އުފާވެރި ޚަބަރެކެވެ.
ރެޕިއުޓްގެ އާ ފިހާރަ ރަސްމީކޮށް ހުޅުވާފައިވަނީ އިއްޔެ ހަވީރު 17:00 ގައެވެ. މި ފިހާރަ ހުންނާނީ ހުޅުމާލެ ރޫޓު ފިހާރައާ ޖެހިގެންނެވެ.
ޒީނަތްތެރިކަމާއި ކޮސްމެޓިކްސްގެ ދާއިރާގައި އިތުބާރު ހޯދާފައިވާ ނަމެއް ކަމުގައިވާ ރެޕިއުޓުން މިއަދު ހުޅުމާލޭގައި އާ ފިހާރައެއް ހުޅުވާފައި މިވަނީ، ބައިނަލްއަޤްވާމީ ފެންވަރުގައި މަޝްހޫރު ޒީނަތްތެރިކަމުގެ އުފެއްދުންތަކުގެ ފުޅާ ކަލެކްޝަނެއް ކަސްޓަމަރުންނާ އިތުރަށް ގާތް ކޮށްދިނުމުގެ ބޭނުމުގައި ކަމަށް ރެޕިއުޓުން ވަނީ ބުނެފައެވެ.
މި ފިހާރައިން ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑްތަކުގެ އެންމެ ޑިމާންޑްބޮޑު ކޮސްމެޓިކްސް އާއި ސްކިންކެއާގެ އިތުރުން ތަފާތު އެކި ބްރޭންޑުތަކުގެ ސެންޓުވެސް ލިބެން ހުންނާނެއެވެ.
އެގޮތުން ބަލާއިރު މި ފިހާރައިން ލިބެން ހުންނަ ބައެއް މަޝްހޫރު ކޮސްމެޓިކް ބްރޭންޑުތަކުގެ ތެރޭގައި ލޯރިއަލް، މޭބަލީން، ލަރޯޝް ޕޮސޭ، ރެވްލޯން، އެލްއޭ ގަރލް، އެންވައިއެކްސް، ސަމާ ފްރައިޑޭއިސް، އެލްފް، ޝީގްލޭމް، ނިކްސް، އަދި ރެވޮލިއުޝަން ފަދަ ބްރޭންޑުތައް ހިމެނެއެވެ. އަދި މި ފިހާރައިން ލިބެން ހުންނަ ބައެއް މަޝްހޫރު ސްކިން ކެއާ ބްރޭންޑުތަކުގެ ތެރޭގައި އަނުއާ، އަބީބް، ސެންޓެލާ، މެޑިކިއުބް އަދި ކޮރެއާއިން އިންޕޯޓްކުރާ، ސޯޝަލްމީޑިއާގައި ވައިރަލް ސްކިން ކެއާ ބްރޭންޑްތައްވެސް ހިމެނެއެވެ. އަދި ހަމަ އެހެންމެ މިހާރު ގިނަ ބައެއްގެ މެދުގައި މަޤްބޫލު ވެފައިވާ އަރަބި ބްރޭންޑުތަކުގެ ސެންޓުތައްވެސް ރެޕިއުޓުން ލިބޭނެއެވެ.

