ތިނަދޫ ކޯލްޑް ސްޓޯރޭޖްގެ ބޮޑުބައިގެ މަސައްކަތް ނިންމައިފި އެވެ.
އެމްޓީސީސީން ބުނީ ކެމިކަލް އަދި ލޮނު ރައްކާކުރާ ފެސިލިޓީގެ މަސައްކަތް މިހާރު ވަނީ 52 އިންސައްތަ ނިމިފައިވާ ކަަމަށެވެ. މި ވަގުތު އެ ތަނުގެ ކޮންކްރީޓް، މެސަނަރީ އަދި ޕްލާސްޓަރިންގގެ މަސައްކަތް ދަނީ ކުރިއަށެވެ.
މީގެ އިތުރުން، އިދާރީ އިމާރާތުގެ މަސައްކަތް 48 އިންސައްތަ އަދި ކޯލްޑް ސްޓޯރޭޖް ފެސިލިޓީގެ މަސައްކަތް 25 އިންސައްތަ ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެ އެވެ.
މި ކޯލްޑް ސްޓޯރޭޖުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 12 ޖުލައި 2023 ގައެވެ.

