މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) ގެ މިދިޔަ އަހަރުގެ ފައިދާއިން ހިއްސާދާރުންނަށް 103 މިލިއަން ރުފިޔާ ބަހަން އަހަރީ އާންމު ޖަލްސާ އަށް ހުށަހެޅުމަށް އެ ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފި އެވެ.
އެ ބޭންކުން ފައިދާ ބަހަން ހުށަހަޅަނީ ހިއްސާގެ ފައިދާގެ 50 ޕަސެންޓު ކޭޝް ޑިވިޑެންޑް ގޮތުގައި ދިނުމާ އެކު، ފައިދާގެ 50 ޕަސެންޓު ބޯނަސް ހިއްސާ ދޫކުރާ ގޮތަށެވެ. އެގޮތުން ބޯނަސް ހިއްސާގެ ގޮތުގައި ހުށަހަޅާފައިވާ ހިއްސާ ދޫކުރަނީ 35 ރުފިޔާގެ ރޭޓުންނެވެ. ހިއްސާގެ ފައިދާގެ ގޮތުގައި އެ ބޭންކުން ބަހަން ހުށަހެޅަނީ ހިއްސާއަކަށް 4.58 ރުފިޔާ އެވެ. މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު 58 ޕަސެންޓު އިތުރު އަދަދެކެވެ.
އެ ބޭންކުގެ 15 ވަނަ އަހަރީ އާންމު ޖަލްސާއާ ތާރީހާ ހަމައަށް އެ ބޭންކުގެ ހިއްސާދާރުންގެ ދަފުތަރުގައި ހިމެނޭ ހުރިހާ ކަސްޓަމަރުންނަށް ހިއްސާގެ ފައިދާގެ ގޮތުގައި ބަހާ ފައިސާ އާއި ބޯނަސް ހިއްސާ ލިބޭނެ ކަމަށް އެ ބޭންކުން ބުނެއެވެ.

