ހއ. ތަކަންދޫގައި ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ އޭޓީއެމްއެއް ޚިދުމަތް ފަށައިފިއެވެ.
ރަށްތަކުގައި ގާއިމުކުރާ މި އޭޓީއެމްތަކުން 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ނެގުމާއި، ޓްރާންސްފަރ ކުރުމާއި، ލޯނަށް ފައިސާ ދެއްކުމާއި، ކްރެޑިޓް ކާޑަށް ފައިސާ ދެއްކުމުގެ ޚިދުމަތް ލިބޭނެކަމަށް ބީއެމްއެލުން ބުނެއެވެ.
ބީއެމްއެލުން އަންނަނީ އެބޭންކުގެ ޚިދުމަތް ޑިޖިޓަލްކޮށް ރައްޔިތުންނަށް ވީހާވެސް ގާތުން އަދި ފަސޭހައިން ޚިދުމަތް ދިނުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެންމެ ފުރަތަމަ އޭޓިއެމްގެ ޚިދުމަތް ދޭން ފަށާފައިވަނީ ދ. އަތޮޅުގައެވެ. އަދި ހއ. އަތޮޅުވާނީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ދޭނެ ދެވަނަ އަތޮޅަށެވެ.

