އުރީދޫގެ 20 ވަނަ އަހަރީ ދުވަހާގުޅުވައި ހައްޖު ދަތުރަކާއި 19 އުމްރާ ދަތުރު ދިނުމަށް އެކުންފުނިން ނިންމައިފިއެވެ.

އުރީދޫން މޯލްޑިވްސް އަށް 20 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދާ "ލިވް އަންލިމިޓަޑް" ކެމްޕެއިނުގެ ދަށުން ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ދޭ ޕްރޮމޯޝަނެއް އެ ކުންފުނި ވަނީ ފަށައިފައެވެ. އެ ޕްރޮމޯޝަނުގައި ޖުމްލަ 19 މީހަކަށް އުމްރާ ދަތުރު ދޭނެ އެވެ. އަދި އެ ޕްރޮމޯޝަނުގެ ބޮޑު އިނާމަކަށް ހުށަހަޅާފައި ވަނީ ހައްޖު ދަތުރެކެވެ.

އުރީދޫގެ ޚިދުމަތް ބޭނުން ކުރާ ކަސްޓަމަރުންނަށް 30 ދުވަހުގެ ތެރޭގައި 250 ރުފިޔާ އިން މަތީގެ ބިލެއް ދައްކައިގެން ނުވަތަ އެ އަދަދަށް ވުރެ މަތީގެ ރީޗާޖެއް ނުވަތަ އެޑްއޮންއެއް ހައްދަވައިގެން އެ ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ފުރުސަތު އުރީދޫގެ ކަސްޓަމަރުންނަށް ވަނީ ހުޅުވާލާފައެވެ. އަދި އަލަށް ގުޅޭ ކަސްޓަމަރުންނަށް އެ ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ 400ރ. އިން މަތީގެ ބިލެއް ދައްކައިގެން ނުވަތަ އެ އަދަދުން މަތީގެ ރީޗާޖެއް ނުވަތަ އެޑްއޮންއެއް ހިޔާރު ކޮށްގެންނެވެ.

އުރީދޫގެ އެ ޕްރޮމޯޝަނުގައި ޕްރިޕެއިޑާއި ޕޯސްޓްޕެއިޑް އަދި ސުޕަނެޓް ކަސްޓަމަރުންނަށްވެސް ބައިވެރިވެވޭނެ އެވެ. އަދި އުރީދޫން މިއަހަރުގެ އޮގަސްޓު މަހު ފާހަގަކުރާ 20 ވަނަ އަހަރީ ދުވަހާ ގުޅިގެން އިތުރު އޮފާތަކާއި ޕްރޮމޯޝަންތައް އަދި ހަރަކާތްތައް  އޯގަސްޓް މަހުގެ ނިއަލަށް ހިންގުމަށް ވަނީ ރާވައިފަ އެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *