2023 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި ތަޢާރަފް ކުރި ފަހުން މިދިޔަ އަހަރުގެ ނިޔަލަށް ޖުމްލަ 7.7 މިލިއަން މުއާމަލާތް ހިންގާފައިވާ ކަމަށާއި، އެ މުއާމަލާތްތަކުގެ ޖުމްލަ އަގު 23.7 ބިލިއަން ރުފިޔާއަށް އަރާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.
އެއް ބޭންކުން އަނެއް ބޭންކަށް ވަގުތުން ފައިސާގެ މުއާމަލާތްތައް ކުރެވޭ، އިންސްޓެންޓް ޕޭމަންޓް ސިސްޓަމް "ފަވަރަ" އަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދެމުންގެންދާ ޙިދުމަތެކެވެ. އެމްއެމްއޭއިން ނެރެފައިވާ މިދިޔަ އަހަރުގެ ޕޭމަންޓް ބުލެޓިންގައިވާ ގޮތުން، 2023 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި ތަޢާރަފް ކުރި ފަހުން މިދިޔަ އަހަރުގެ ނިޔަލަށް ޖުމްލަ 7.7 މިލިއަން މުއާމަލާތް ހިންގާފައިވާ ކަމަށާއި، އެ މުއާމަލާތްތަކުގެ ޖުމްލަ އަގު 23.7 ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.
އެމްއެމްއޭ އިން ބުނީ އޮޅިގެން އެކައުންޓަކަށް ފައިސާ ފޮނުވޭ ހާލަތްތަކުގައި، އެ މުއާމަލާތް ކެންސަލް ކުރުމަށް "ފަވަރަ ރިކޯލް"ގެ ހިދުމަތް ވެސް މިދިޔަ އަހަރު 304 މުއާމަލާތުން 8 ލައްކައަށް ވުރެ ގިނަ ރުފިޔާ ރިކޯލް ކޮށްފައިވާކަމަށެވެ. އަދި 50،000 ރުފިޔާ އާއި ހަމައަށް ފައިސާ ޖަމާކޮށް، ފަވަރަ ރިކުއެސްޓް މެދުވެރިކޮށް 5،000 ރުފިޔއާާއި ހަމައަށް ފައިސާ ފޮނުވަން ރިކުއެސްޓް ކުރެވޭ ގޮތަށް ހިދުމަތް ފެށުމަށްގފަހު އެ އަދަދުތައް ވަނީ މިދިޔަ އަހަރުގެ މާޗް މަހުން ފެށިގެން 200،000 ރުފިޔާ އާއި 10،000 ރުފިޔާ އާއި ހަމައަށް މަތި ކޮށްފައި ކަމަށެވެ.
2023 ވަނަ އަހަރު ފަވަރަ ތަޢާރަފް ކުރި ކުރި އިރު ހިދުމަތް ދެމުންދަނީ 3 ބޭންކުން ނަމަވެސް 2024 ގެ ނިޔަލަށް 5 ބޭންކަށް ވަނީ ފަވަރައިގެ ހިދުމަތް ފުޅާ ކޮސްފައެވެ.

