ހުޅުމާލޭގައި ހުންނަ "ކޮބަ ކަބާނާ" ރެސްޓޯރެންޓުން ޖަޕަނީޒް ފުޑް މެނޫ ތައާރަފްކޮށްފިއެވެ.
ތަފާތު ގިނަ ރަހަތަކާއެކު ހިންގާ މި ރެސްޓޯރެންޓަށް ޖަޕާންގެ ކެއުންތައް ތައާރަފްކުރީ ފަތުރުވެރިންގެ ރިވިއުއަށާއި އަދި ދިވެހިންގެ ކޮމެންޓްތަކަށް ބެލުމަށްފަހުގައެވެ. ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުގައި މަޝްހޫރު ޖަޕަނީޒް "ޝޫޝީ"އަކީ ދިވެހިންގެ މެދުގައިވެސް ވަރަށް މަޤްބޫލް ކެއުމެކެވެ. ޖަޕަނީޒް ޝޫޝީއާއެކު ޖަޕާނުގެ ތަފާތު އެކުންތައް އެ ރެސްޓޯރެންޓުން ވަނީ ތައާރަފްކޮށްފައެވެ. ފަތުރުވެރިންގެ މެދުގައި މަޤްބޫލް މި ރެސްޓޯރެންޓުން މިހާރުވެސް ތަފާތު ޤައުމުތަކުގެ ކެއުންތައް ލިބެއެވެ. މީގެތެރޭގައި އިންޑިއަން، ޗައިނީޒް، އަރަބި އަދި ޔޫރަޕްގެ ކެއުންތައް ހިމެނެއެވެ.

ކޮބަ ކަބާނާ ރެސްޓޯރެންޓުން ގެންދަނީ ކަސްޓަމަރުންގެ މެދުގައި ތަފާތު ޕްރަމޯޝަންވެސް ކުރިއަށް ގެންދަމުންނެވެ. މިގޮތުން އެ ރެސްޓޯރެންޓުން ޚިދުމަތް ހޯދާ ފަރާތްތަކަށް އައިފޯން 17 ޕްރޯ މެކްސް އެއް ހޯދުމުގެ ފުރުޞަތު ވެސް ވަނީ ހުޅުވާލާފައެވެ. މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ 200 ރުފިޔާއިން މަތިން ޚިދުމަތް ހޯދާ ފަރާތްތަކަށެވެ. މި ޕްރަމޯޝަންގެ ދަށުން އެ ރެސްޓޯރެންޓުން ޚިދުމަތް ހޯދާ ފަރާތްތަކުގެ ތެރެއިން 200 ރުފިޔާއިން މަތިން ހިދުމަތް ހޯދާ ފަރާތްތަކަށް ކޫޕަނެއް ލިބޭނެއެވެ. ނަސީބުވެރިޔާ ހޮވާނީ ގުރުއަތުންނެވެ. މިމަހު ފެށި މި ޕްރަމޯޝަން ކުރިއަށްދާނީ އަންނަ އަހަރު ޖެނުއަރީ މަހުގެ ނިޔަލަށެވެ.

މީގެއިތުރުން އެ ރެސްޓޯރެންޓްގެ އިންސްޓަގްރާމް އެކައުންޓް ފޮލޯ ކޮށްގެން އެޕަލް އައަރޕޮޑް 4 ހޯދުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލާފައެވެ. މި ޕްރަމޯޝަންގައި ބައިވެރިވުމަށް ކޮބަ ކަބާނާގެ އިންސްޓަގްރާމް އެކައުންޓް ފޮލޯކޮށް 3 ރައްޓެހިން ޓެކްކޮށް ޝެއާރކޮށްލުމުން ޕްރަމޯޝަންގައި ބައިވެރިވެވުނީއެވެ. މި ޕްރަމޯޝަންވެސް ކުރިއަށްދާނީ މިމަހުން ފެށިގެން އަންނަ އަހަރު ޖެނުއަރީގެ ނިޔަލަށެވެ.

މިހާރު ކުރިއަށްދާ އެންމެ ފާހަގަކޮށްލެވޭ ޕްރަމޯޝަނަކީ އެރެސްޓޯރެންޓުން ފެށި ބާރގަރ ޕްރަމޯޝަނެވެ. މިއީ ކޮންމެ ބާރގަރ އަކާއެކީ ހިލޭ ބުއިމަކާއި، ދެބާރގަރ ގަތުމުން 1 ބާރގަރ ހިލޭ ލިބޭ ޕްރަމޯޝަނެކެވެ. މި ޕްރަމޯޝަން ކުރިއަށްދާނީ އަންނަ މަހުގެ 31ގެ ނިޔަލަށެވެ. ކަބާނާ ބާގަރއަކީ އާންމުންގެ މެދުގައި ވަރަށް މަޤްބޫލް ބާވަތެކެވެ.

ކޮބަ ކަބާނާ ރެސްޓޯރެންޓަކީ ހުޅުމާލޭގައި ހުންނަ އެންމެ މަޝްހޫރު އެއް ރެސްޓޯރެންޓެވެ. އާއިލާއާއި ރައްްޓެހިންނާއެކު ހިތްގައިމު މާހައުލެއްގައި ވަގުތުކޮޅެއް ހޭދަކޮށްލުމަށް ކަބާނާ ރެސްޓޯރެންޓަކީ އެންމެ ރަނގަޅު ޗޮއިސްއެވެ. ހުޅުމާލޭ ކާނިމަގު ނުވަތަ ބީޗް ފަޅީގައި ހުންނަ މި ރެސްޓޯރެންޓަކީ ދިވެހިންގެ އިތުރުން ފަތުރުވެރިންގެ މެދުގައި ވަރަށް މަޤްބޫލް ރެސްޓޯރެންޓެކެވެ.
މި ރެސްޓޯރެންޓްގެ އެންމެ "ސަޅި" ކަމަކީ ކާއެއްޗެހީގެ ރަހަ މީރުވެފައި ކޮލިޓީ ރަނގަޅުވުމެވެ. އަދި ކަސްޓަމަރުންނަށް އަދާކުރާ މެހެމާންދާރީ އަކީވެސް މިތަން ޚާއްސަވާ އެއް ސަބަބެވެ. އެހެންކަމުން ކަބާނާ މިހާރުވެފައިވަނީ ހުޅުމާލޭގައި ހުންނަ ރެސްޓޯރެންޓްތަކުގެ ތެރެއިން ދިވެހިންނާއި ފަތުރުވެރިންގެ މެދުގައި އެންމެ މަޤުބޫލް ރެސްޓޯރެންޓަށެވެ. ކައިވެނި ޕާޓީތަކާއި އުފަންދުވަހުގެ ޕާޓީތަކާއި މީޓިންތައް ބޭއްވުމަށްވެސް މި ރެސްޓޯރެންޓަކީ ހަމަ އެއްވަނަ އެވެ.

