ނޮސްޓްރާ މަސްފިހާރަ އަކީ މަހާ މަހުގެ އުފެއްދުންތައް ވިއްކުމަށް ޚާއްޞަ ފިހާރައެކެވެ. މި ފިހާރައިން ކަނޑުމަހާއި ފަރުމަހުގެ ބާވަތްތައް ތާޒާކޮށް ހެޔޮ އަގުގައި ލިބެން ހުންނާނެއެވެ. މަހުގެ ކޮލިޓީ ހިފެހެއްޓުމުގެ ގޮތުން މި ފިހާރައަށް މަސް ގެންނަނީ، އިތުރު ފަރާތެއް މެދުވެރި ނުކޮށް ސީދާ ދިވެހި މަސްވެރިންގެ އަތުންނެވެ. މި ފިހާރައަކީ ރިސޯޓް ތަކަށާއި ހޮޓާ ރެސްޓޯރަންޓް ތަކަށް ފުޅާ ދާއިރާއެއްގައި މަސް ސަޕްލައިކޮށްދޭ، ކަސްޓަމަރުންގެ އިތުބާރު ލިބިފައިވާ ފިހާރައެކެވެ.

