އިހަވަންދޫއަކީ އުތުރުގެ އެންމެ ބޮޑު އެއް ވިޔަފާރި ހަބެވެ. އެކަން އެންމެ ބޮޑަށް ފާހަގަ ވަނީ ކޮންމެ އަހަރެއްގެ ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ ބޮޑު ސޭލެވެ. އެ ސޭލަށް ރަށުން ބޭރުގެ މީހުންގެ ތަރުހީބު ވަރަށް ބޮޑެވެ. އެގޮތުން "އިހަވަންދޫ ރޯދަ ބާޒާރު 2026″ އަށް އާދަޔާ ޚިލާފު ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް މަސްވެެރި އިހަވަންދޫގެ ފޭސްބުކް ޕޭކުގައި ރިޕޯޓްކޮށްފައިވެއެވެ.
"އިހަވަންދޫ ރޯދަ ބާޒާރަށް މިއަދު އެކަނިވެސް 1000 ވުރެ ގިނަ ފަރާތްތަކުން އިހަވަންދޫ އަށް ޒިޔާރަތް ކޮށް ވިޔަފަާރި ކުރާނެކަމަށް އެކަން އިންތިޒާމް ކުރާފަރާތް ތަކުން ވަނީ މައުލޫމާތު ދީފައި'" އެ ޕޭޖުގައި ބުނެފައިވެއެވެ.
އިއްޔެގެ ރޯދަ ބާޒާރަށް އިހަވަންދޫއަށް މީހުން އެރި ރަށްތަކުގެ ތެރޭގައި؛

ހދ ކުޅުދުއްފުށި
ހދ ނޮޅިވަރަމް
ހދ ނޮޅިވަރަންފަރު
ހދ ނެއްލައިދޫ
ހދ ކުމުންދޫ
ހދ ނާވައިދޫ
ހދ ހިރިމަރަދޫ
ހއ ހޯރަފުށި
ހއ ތަކަންދޫ
ހއ ފިއްލަދޫ
ހއ މާރަންދޫ
ހއ މޮޅަދޫ
ހއ އުލިގަން
ހއ ތުރާކުނު
ހއ ކެލާ
ހއ ދިއްދޫ
ހއ މުރައިދޫ ހިމެނެއެވެ.
މިއީ ކޮންމެ އަހަރަކުވެސް އިހަވަންދޫ ވިޔަފާރިވެރިން ބާއްވަމުން އަންނަ މުހިއްމު ބާޒާރެކެވެ.
