ކޮންމެ އަހަރެއްގެ ރަމަޟާންމަހަކީ ޢާއިލާއާ ރަޙުމަތްތެރިންނާއި އެކު އުފާވެރި ވަގުތުތަކެއް ހޭދަކުރާ މައްސަރެކެވެ. ރޯދަވީއްލުމުގެ ސުފުރާއަކީ ޒަމާނުއްސުރެ، ދިވެހިންގެ އެކުވެރިކަމާއި ބަދަހިކަން އެންމެ ފުރިހަމައަށް ދައްކުވައިދޭ އެއްތަނެވެ.
ޒަމާނަށް އައި ބަދަލުތަކާއެކު، މި އެކުވެރިކަމާއި ބަދަހިކަމުގައި ދިވެހިންގެ ރޯދަ ވީއްލުންތައް ބާއްވަމުންެދާ އެއް ތަނަކީ ކެފޭ އަދި ރެސްޓޯރެންޓްތަކެވެ. މިފަހަކަށް އައިސް ގިނަބަޔަކު ކުރާ އެއް ޝަކުވާއަކީ މިފަދަ ތަންތަނުގެ ރޯދަވީއްލުންތަކުގެ އަގުބޮޑުކަމެވެ. ނަމަވެސް އެފަދަ ފަރާތްތަކުގެ ޝަކުވާއަށް ތަފާތު ޙައްލެއް މިވަނީ ލިބިފައެވެ.
ދާދިފަހުން ހުޅުމާލޭގައި ހުޅުވާފައިވާ ޕިއްޒާ ކިޗަނުން މިވަނީ އަގުހެޔޮ އަދި ބަނޑުފުރޭނެ ކަހަލަ އިފްތާރް ޕެކޭޖެއް ތަޢާރަފްކޮށްފައެވެ. ޕިއްޒާ ކިޗަނުން މަޢުލޫމާތުދޭ ގޮތުގައި މި ޕެކޭޖްގައި ކުކުޅަކާއި 8 ގާރލިކް ބްރެޑް އެންމެ 125 ރުފިޔާއަށް ލިބޭނެއެވެ. މި ޕެކޭޖް ޕިއްޒާ ކިޗަނަށް ގޮސްގެން އަދި ޑެލިވަރީ މެދުވެރިކޮށްވެސް ލިބޭނެއެވެ.
ޕިއްޒާ ކިޗަންގެ މެނޭޖްމަންޓުން މަޢުލޫމާތުދޭ ގޮތުގައި އެތަނުގެ ހުރިހާ އުފެއްދުންތައްވެސް ތައްޔާރުކުރާނީ ސާފުތާހިރުކަމަށް އިސްކަންދީ، އެޗްޕީއޭގެ މިންގަނޑުތަކާއިވެސް އެއްގޮތަށެވެ. މި އުފެއްދުންތައް އެ ރެސްޓޯރެންޓަށް ގޮސް ކެއުމުގެ ފުރުޞަތުވެސް އޮންނާނެއެވެ. އަދި 3356565 ނަންބަރަށް ގުޅައިގެންވެސް އޯޑަރކުރުމުން މާލެ ސަރަޙައްދުގައި ފްރީ ޑެލިވަރީ ކޮށްދޭނެއެވެ. މީގެ އިތުރުން 7889696 އަށް ވައިބަރ ކޮށްލައިގެންވެސް އޯޑަރ ކުރެވޭނެއެވެ.
ޕިއްޒާ ކިޗަން ހުންނާނީ ހުޅުމާލޭގެ ހިތިގަސް މަގުގެ 6ވަނަ ގޯޅީގައެވެ.

