މެދުއިރުމަތީގައި މިހާރު ފަށައިގެން އުޅޭ ހަނގުރާމައާ ގުޅިގެން،ދިރާގު ކަސްޓަމަރުންނަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަދި ސައުދީ އަރައްބިއްޔާ އަށް ހިލޭ ގުޅޭނެ އިންތިޒާމް ހަމަޖައްސައިފި އެވެ.
އެގޮތުން ޔޫއޭއީ އަދި ސައުދީ އަރައްބިއްޔާ އަށް ހިލޭ ގުޅުމަށް ޖުމްލަ 30 މިނިޓު ލިބޭނެ އެވެ.
މިއީ، އެ ސަރަހައްދުގައި ދިރިއުޅޭ އާއިލާތަކާއި ގާތް މީހުންގެ ހާލުބެލުމަށާއި މެދުކެނޑުމެއް ނެތި މުވާސަލާތު ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ދިރާގުން ފޯރުކޮށްދިން ހިދުމަތެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
އެ ދެ ގައުމަށް ހިލޭ ގުޅޭނެ މިނެޓް ލިބޭނީ #225* އަށް ޑައިލް ކޮށްގެންނެވެ. މި ހިލޭ މިނިޓުތައް މާދަމާގެ ނިޔަލަށް އެކްޓިވޭޓް ކުރެވޭނެ އެވެ. އަދި އެކްޓިވޭޓް ކުރުމަށް ފަހު، ހަތް ދުވަހުގެ މުއްދަތައް ބޭނުންކުރެވޭނެ ކަމަށް ދިރާގުން ބުންޏެވެ.
