މިހާރު ރިސޯޓުގައި މާ ބިޒީވީމަ މާލެ ގޮސް ނުކައްކަން އެގޮތަކަށް. ވައިފް އާއި އާއިލާ އެކުގައި ޓައިމް ސްޕެންޑްކުރެވޭތޯ ބަލަނީ."

އާދިލް މިހާރު މަސައްކަތް ކުރަނީ ރ. އަތޮޅު ފާރުފުށި ރިސޯޓުގަ އެވެ. ލަނޑާގިރާވަރުގައި ހަތް އަހަރު މަސައްކަތް ކުރުމަށް ފަހު އަހަރެއް ވަންދެން ވައްކަރު ރިސޯޓުގައި ވެސް މަސައްކަތް ކުރި އެވެ.

ލަނޑާގިރާވަރުގައި އުޅުނު އިރު އާދިލް އަކީ ފޯ ސީޒަންގެ ހުރިހާ ތަނަކަށް ރިލީވް ވެގެން މަސައްކަތްކުރި ޝެފެކެވެ. އޭގެތެރޭގައި ވޯވަ ޕްރައިވެޓް އައިލެންޑް ވެސް ހިމެނެ އެވެ.

ކެރިއަރުގައި މިވީ ނުވަ ވަރަކަށް އަހަރު ގިނަ ކާމިޔާބީތަކެއް އާދިލް ހޯދައިފި އެވެ. ދެ ފަހަރު ބޭރުގެ މުބާރާތްތަކުން "ބެސްޓް މޯލްޑިވިއަން ޝެފް"ގެ ލަގަބު ހޯދައިފި އެވެ. ރަން އަދި ރިހި މެޑަލް ގެނެސްފި އެވެ. މާލޭގައި ބާއްވާ މުބާރާތްތަކުން ވެސް ވަނަތައް ހޯދައިފި އެވެ.

މިދިޔަ ދުވަސްތަކުގައި އަމިއްލަ ބައިވަރު ޑިޝްތައް ވެސް ތައްޔާރުކޮށްފި އެވެ. ހަފުތާއަކު މުޅިން އާ ދެ ޑިޝްއެއް ތައްޔާރުކުރެވޭތޯ ބަލަ އެވެ. އާދިލްގެ މި ޑިޝްތަކުގައި އެންމެ ތަފާތު ކަމަކީ ދިވެހި ރަހަތައް ހިމަނަން ކުރާ މަސައްކަތެވެ.

ހޮޓެލް އޭޝިއާ އެގްޒިބިޝަނުން މިދިޔަ އަހަރު ވަނަ ގެނައީ ވެސް އެފަދަ ޑިޝްއަކުންނެވެ. އަބޫ ދާބީގައި އޮތް މުބާރާތެއްގައި ވެސް އެ ޑިޝް ތައްޔާރުކޮށް ގިނަ ބައެއްގެ ސަމާލުކަން އަތުލި އެވެ.އޭތި ކެއީމަ ކެވޭނީ އަލަ އާއި ގަރުދިޔަ އާއި ފިހުނު މަހާއި އަސާރަ އާ އެއްޗެހި މޮޑެގެން. ވަރަށް ކޮމްޕްލިމެންޓްސް ލިބުނު އަބޫދާބީގައި ވެސް އެއަށް."

"އަހަރެން މަސައްކަތްކުރަން ދިވެހި ރަހަތައް ހިމަނަން ވަރަށް ބޮޑަށް. މެނޫގައި މިހާރު ވެސް ހުންނާނެ. ދިވެހި ގިތެޔޮ މިރުހާ އެއްޗެހި އެޅީމަ ރަހަ ތަފާތުވެފަ މީރުވާނެ."

އޭނާ ބުނީ ދިވެހި ޝެފުން ކުރިއަރުވަން ސަރުކާރުން މަސައްކަތްކުރަންޖެހޭ ކަމަށެވެ. ޝެފުންނަށްޓަކައި އަމިއްލަ ބައެއް ފަރާތްތަކުން މިހާރުވެސް މަސައްކަތްކުރަމުން އަންނަ ކަމަށާއި އެކަމަކު ސަރުކާރުން އެހީވާ ނަމަ ވަރަށް ބޮޑު ތަފާތެއް ފެންނާނެ ކަމަށް އޭނާ ދެކެ އެވެ.

މިހާރު އާދިލްގެ އަމާޒު ހުރީ، ރެސްޓޯރަންޓްތައް ގްރޭޑްކުރުމުގެ މިންގަނޑު ކަމަށްވާ މިޝެލިން ސްޓާއެއް ހޯދާ ފުރަތަމަ ދިވެހި ޝެފަށް ވުމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް