އެކްސް (ކުރީގެ ޓްވިޓާ) ގެ ޕްރިމިއަމް ޔޫޒަރުންނަށް ބިލިއަނަރު އިލޯން މަސްކުގެ ފުރަތަަމަ އޭއައި މޮޑެލް ތައާރަފު ކުރަން ތައްޔާރުވެއްޖެއެވެ.

މަސްކު އޭނާގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޗެޓްބޮޓަށް ދީފައިވާ ނަމަކީ “ގްރޫކް” އެވެ. މިއީ ޗެޓް ޖީޕީޓީ، ބާޑް، އަދި ކަލައުޑް ފަދަ އޭއައި ޗެޓްބޮޓެކެވެ.

މި ޗެޓުބޮޓު ތައާރަފުކުރުމަށް މަސްކު ތައްޔާރުވަމުން އަންނައިރު އޭނާ ބުނެފައިވަނީ އޭނާގެ އެކްސްގެ ޕްރިމިއަމް މެމްބަރުންނަށް ކުރީބައިގައި ގްރޫކް ތަޖުރިބާ ކުރުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ.

މިއީ މަސްކުގެ އޭއައި ސްޓާޓްއަޕް، “އެކްސްއޭއައި” ގެ ފުރަތަމަ ބޮޓެވެ. މި ޕްރޮޖެކްޓު އޭނާ އެންމެ ފުރަތަމަ އިއުލާން ކުރީ މި އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.

މަސްކަކީ އޮޕެން އޭއައި ކުންފުނީގެ ވެސް ކުރީގެ ހިއްސާދާރެކެވެ. އޭނާ އެ ކުންފުނީގެ ބޯޑުން އިސްތިއުފާ ދިނީ 2018ގައެވެ.

އޭނާގެ އެކްސް އޭއައި، އޮޕެން އޭއައި އާ ވާދަކުރާނެ ވަރުގެ ކުންފުންޏަކަށްވާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

މަސްކުގެ ބުނާގޮތުގައި އެހެނިހެން އޭއައި މޮޑެލްތަކާ އަޅާބަލާއިރު ގްރޫކްގެ ފައިދާތައް ގިނައެވެ. އެ ބޮޓުން އެކްސްއަށް “ރިއަލް ޓައިމް އެކްސެސް” ވެވޭނެ ކަމަށާއި އޭގައި “ސާކޭޒަމް” ނުވަތަ މަޖާޒީ ގޮތެއް ހުންނާނެ ކަމަށްވެސް އޭނާ ބުންޏެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް