”ޤިބްލަ ހައްޖު އެންޑް އުމްރާ" ގެ ޑިސެމްބަރ މަހުގެ އުމްރާއަށް ދާން ބޭނުންވާ ފަރާތްތަކަށް ހާއްސަ އަގަކާއިއެކު ފުރުސަތު ހުޅުވާލައިފިއެވެ.
ރާއްޖެއިން، އުމްރާ އަދި ހައްޖަށް މީހުން ގެންދާ ގްރޫޕުތަކުގެ ތެރެއިން ގިނަ ބައެއްގެ އިތުބާރާއި މަގުބޫލުކަން ހޯދާފައިވާ މި ގްރޫޕުން މިއަހަރުގެ ޑިސެމްބަރު މަހުގެ އުމްރާއަށް އެދޭ ފަރާތްތަކުގެ ތެރެއިން ފުރަތަމަ 40 ޖާގައަށް އެދޭ ފަރާތްތަކުން ދައްކަޖެހެނީ 27،000 ރުފިޔާ ކަމަށް އެ ގްރޫޕުން ބުނެއެވެ.
މިއީ 14 ދުވަހުގެ އުމްރާއެއް ކަމަށާއި އެ ގްރޫޕުން ދޭ ހިދުމަތްތަކުގެ ތެރޭގައި ދެކޮޅު ޓިކެޓާއި މައްކާ، މަދީނާ ހުރުމާއި ކެއުން ހިމެނޭ ކަމަށް ވެސް އެ ގްރޫޕުން ބުނެއެވެ. އަދި އުމްރާ ވިސާ އާއި ދެ އުމްރާ އާއި މައްކާ އަދި މަދީނާ ޒިޔާރަތް ދަތުރު ހިމެނޭ ކަމަށް ވެސް ބުނެއެވެ.
މީގެ އިތުރުން އިތުރު އުމްރާ ކުރުމުގެ ފުރުސަތާއި ތާއިފް އަދި ޖިއްދާ ދަތުރުގެ ފުރުޞަތުވެސް ފަހިވެފައިވާކަމަށް އެ ގްރޫޕުން ބުނެއެވެ.
އެއާ ޓިކެޓާއި މަދީނާއަށް ދަތުރުކުރުމުގެ ޓިކެޓާއި މައްކާއާއި މަދީނާ އަދި އިސްލާމީ ސަގާފަތާއި ތާރީހީ ތަންތަން ބަލާލުމަށް މިދަތުރުގައި ހިމެނޭނެއެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 9666104 ނުވަތަ www.qibla.mv ޒިޔާރަތް ކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
މިހާރު ޤިބްލަ ކުންފުންޏަކީ އަމިއްލައަށް ވިސާ ޖަހައިދިނުމުގެ ފުރުސަތު ފަހިވެފައިވާ، އަދި އަޔާޓާގައި ރެޖިސްޓަރ ކޮށްފައިވާ ކުންފުންޏެކެވެ.
އުމްރާއަށް ދިއުން ފަސޭހަވާގޮތަށް އަހަރުތެރޭގެ ކޮންމެ ދުވަސްވަރެއްގައި ވެސް އުމްރާއަށް ދެވޭނެ އިންތިޒާމުތައްވެސް ޤިބްލަ ހައްޖު އެންޑް ޢުމްރާ ކުންފުނިން ފަހިކޮށްދީފައިވާ ކަމަށްވެސް އެކުންފުނިން ވަނީ ބުނެފައެވެ.
ރާއްޖެއިން މިދިޔަ ޑިސެމްބަރު މަހު އެކަނި 4،000އަށް ވުރެ ގިނަ މީހުން އުމްރާގެ އަޅުކަމަށް، ސައޫދީ އަރަބިއްޔާއަށް ގޮސްފައިވެ އެވެ.
ރާއްޖެއަކީ އަހަރެއްގެ މައްޗަށް ނިސްބަތުން ގިނަ ބަޔަކު އުމްރާގެ އަޅުކަމަށް ދާ ގައުމެކެވެ.

