ކުންފުނިން ޢުމްރާއަށްދާ ދުވަހަކަށް އިންތިޒާރު ނުކޮށް، ޢުމްރާ އަށް ދާން ބޭނުންވާ މީހާ އަށް، ވަގުތުވާއިރަކުން އޭނާއަށް ދެވޭ ގޮތައް ހިދުމަތްތައް ލިބޭނެ އިންތިޒާމު ޤިބްލަ ޙައްޖު އެންޑް ޢުމްރާ ކުންފުނިން ފަހިކޮށްދޭން ނިންމާފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ.

މިކަން އިއުލާން ކުރީ އެކުންފުންނިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުންފުނީގެ ޗެއަރމަން ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. ނޫސްކޮންފަރެންސްފައި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޔާމީން އިދްރީސްވެސް ބައިވެރިވެލެއްވިއެވެ.

ޤިބްލަ ޙައްޖު އެންޑް ޢުމްރާ ކުންފުނިން ބުނީ ޢުމްރާގެ އަޅުކަން އަދާކުރުމަށް ދިއުމަށް ރާއްޖޭގެ ޕްރައިވެޓް ސެކްޓަރ އިން ފޯރުކޮށް ދެމުންދާ ހިދުމަތް އައު ހަރުފަތަކަށް ގެންގޮސް ހިދުމަތް ފުޅާކޮށް، ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ސީޒަނަލް ޢުމްރާތަކުގެ އިތުރުން ގޮތުން، ކުންފުނިން ޢުމްރާއަށްދާ ދުވަހަކަށް އިންތިޒާރު ނުކޮށް، ޢުމްރާއަށް ދާން ބޭނުންވާ މީހާއަށް، ވަގުތު ވާއިރަކުން އޭނާއަށް ދެވޭގޮތައް ހިދުމަތްތައް ލިބޭނެ އިންތިޒާމު ޤިބްލަ ކުންފުނިން ފަހިކޮށްދޭން ނިންމާފައިވާ ކަމަށެވެ.

ޤިބްލަ ޙައްޖު އެންޑް ޢުމްރާ ކުންފުނިން އެންމެ މުހިންމު އެއް ހިދުމަތެއްގެ ގޮތުން ފަހިކޮށްދޭ ހިދުމަތަކީ ވިސާ ޖަހައިދިނުމުގެ ހިދުމަތެވެ.

މިހާރު ޤިބްލަ ކުންފުންޏަކީ އަމިއްލައަށް ވިސާ ޖަހައިދިނުމުގެ ފުރުސަތު ފަހިވެފައިވާ، އަދި އަޔާޓާގައި ރެޖިސްޓަރ ކޮށްފައިވާ ކުންފުންޏެއް ކަމަށްވެސް ބުނެފައިވެއެވެ.

ކުންފުނިން ފަހިކޮށްދޭ ޕެކޭޖްތަކާއި ހިދުމަތްތަކުގެ ތެރޭގައި ހިމެނޭ ވީއައިޕީ ހިދުމަތުގެ ޢުމްރާގެ އަޅުކަން އަދާކުރުމަށް ދިއުމަށް ކޮންމެ ފަރާތަކަށް ވެސް އެދެވިދާނެއެވެ. މި ޕެކޭޖުގައި ކަނޑައެޅިފައިވާ އަގުގައި ޢުމްރާގެ ހިދުމަތަށް އެދޭ ކޮންމެ ފަރާތަކަށް ހިދުމަތް ފޯރުކޮށްދެވޭނެއެވެ.

މި ހިދުމަތުގެ ދަށުން ޢުމްރާ ކުރާ ފަރާތްތައް ތިބޭނީ ޙަރަމްފުޅާ ވަރަށް ގާތުގައެވެ. އަދި އެތެރޭގެ ދަތުރުފަތުރުކުރުމުގައި ވެސް ފޯރުކޮށް ދެވޭނީ ވީއައިޕީ ފެންވަރުގެ ހިދުމަތެކެވެ.

ފެމިލީ ޕެކޭޖަކީ، ގިނަ މީހުންނާ ވަކިން ޢުމްރާކުރަން ދިއުމަށް ބޭނުންވާ ވަކިވަކި ޢާއިލާތަކަށް ދެވޭ ހިދުމަތެކެވެ. މިޕެކޭޖުގައި ދަތުރުކުރަން ބޭނުންވާ ޢާއިލާއަކާއެކު އެހެން ބަޔަކު ބައިވެރިނުވާނެ ކަމަށް ކުންފުނިން ބުނެއެވެ.

ޔޫތު ޕެކޭޖަކީ ޒުވާނުންނަށް ހާއްސަ ޢުމްރާ ޕެކޭޖެކެވެ. މިދަތުރުގައި ޢުމްރާގެ އަޅުކަމުގެ އިތުރުން ޒުވާނުންނާ ގުޅޭ މަރުކަޒުތަކާއި އިސްލާމީ ތާރީޚީ ތަންތަނާއި ސްޕޯޓްސް ދާއިރާއާ ގުޅުންހުރި ތަންތަނަށް ޒިޔާރަތްކުރުމުގެ އިތުރުން ކީރިތި ރަސޫލާގެ ޒުވާން ޙަޔާތްޕުޅު ކިޔައިދިނުން ފަދަ ތަރުބަވީ ކަންކަންވެސް ހިމެނޭނެއެވެ.

ސްޓޫޑެންޓް ޕެކޭޖަކީ ކިޔަވާ ކުދިންނަށް ހާއްސަ ތަރުބަވީ ޢުމްރާ ޕެކޭޖެއް ކަމަށް ކުންފުނިން ބުނެއެވެ. މިޕެކޭޖްގައި ޢުމްރާ ކުރާ ކިޔަވާކުދިންނަށް ޢުމްރާގެ އަޅުކަމުގެ އިތުރުން މައްކާއާއި މަދީނާއާއި ޠާއިފްގެ އިސްލާމީ ބިނާތަކާއި ތާރީހީ ތަންތަނާއި ކަންކަން ކިޔައިދެވޭނީ ފިލާވަޅުތަކެއް ގޮތަށް އެތަނަށް ގޮސް ހަމަލޮލުން ތަންތަން ދެކޭ ޙާލުގައި ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ދެ ޙަރަމްފުޅުގެ އިސް އިލްމުވެރިންގެ ތެރެއިން ބޭފުޅުންނާ ނުވަތަ މައްކާ މަދީނާގެ އިލްމުވެރިންގެ ތެރެއިން ބޭފުޅުންނާ ބައްދަލުކޮށް އެބޭފުޅުންގެ ކިބައިން ފިލާވަޅު ލިބިގަނެވޭނެއެވެ.

މި ޕެކޭޖްގައި ހިދުމަތް ދެވޭނީ ހާއްސަ ރޭޓްތަކެއްގައި ކަމަށްވަނީ ބުނެފައެވެ.

އައިލެންޑް ޕެކޭޖަކީ ވަކި ރަށްރަށުގެ މީހުން ޢުމްރާއަށް ދިއުމަށް ކަނޑައެޅިފައިވާ ޕެކޭޖެކެވެ. މި ޕެކޭޖްގައި ވަކި ރަށެއްގެ މީހުން އެމީހުންނަށް ފަސޭހަ ދުވަސްވަރެއްގައި ޢުމްރާއަށް ދާން ބޭނުންނަމަ އެކަން ފަހިކޮށްދެވޭނެއެވެ. އެ ދަތުރުގައި ދާނީ ހަމަ އެރަށެއްގެ މީހުން އެކަންޏެވެ.

ކޯޕަރޭޓް ޕެކޭޖަކީ އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުން ޢުމްރާގެ އަޅުކަން އަދާކުރުމަށް ހަމަޖެހިފައިވާ ޕެކޭޖެކެވެ. މި ޕެކޭޖްގެ ދަށުން ހާއްސަ ރޭޓްތަކެއްގައި އޮފީސްތަކާއި ކުންފުނި ތަކުގެ މުވައްޒަފުންނަށް ހިދުމަތް ފޯރުކޮށް ދެވޭނެެއެވެ.

ސީޒަނަލް ޢުމްރާ ޕެކޭޖަކީ، ބަރަކާތްތެރި ރަމަޟާން މަހާއި، އެނޫން މޫސުމްތަކުގައި ނުވަތަ އަހަރީ ޗުއްޓީތަކުގައި ޢުމްރާއަށް ދާން ބޭނުންވާ ފަރާތްތަކަށް ހާއްސަ ކޮށްފައިވާ ޕެކޭޖެކެވެ.

ހަނީމޫން ޓުއާއަކީ، ހަނީމޫންގެ ދުވަސްތަކުގައި މައްކާ މަދީނާއަށް ޒިޔާރަތްކުރުމާއި ސަޢޫދީ ޢަރަބިއްޔާގެ އެކި ތަންތަނަށް ޒިޔާރަތްކުރުމާއިި، ޢުމްރާގެ އަޅުކަން ވެސް އަދާކޮށް، މައްކާ މަދީގައި ދުވަސްތައް ހޭދަކޮށްލަން ބޭނުންވާނަމަ އެކަން ވެސް ފަހިވާގޮތައް ހާއްސަ ކޮށްފައިވާ ޓުއާރއެއް ކަމަށް ޤިބްލަ ޙައްޖު އެންޑް ޢުމްރާ ކުންފުނިން ބުނެއެވެ.

އަދި މިދަތުރުގެ އެންމެހާ ކަންކަމެއް ހިދުމަތަށް އެދޭ ފަރާތްތަކުން ބޭނުންވާ ފެންވަރުގައި ކުންފުނީގެ ފަރާތުން މެނޭޖްކުރާނެ ކަމަށްވެސް ބުނެފައިވެއެވެ.

ރަށުގަ ހުރެގެން އޮންލައިންކޮށް ވެބްސައިޓް ތެރެއިން ޢުމްރާއަށް ރެޖިސްޓަރ ވެވޭނެ އިންތިޒާމުވެސް ފަހިކޮށްދީފައިވާކަންވެސް ކުންފުނިން ފާހަގަކުރެއެވެ.

އުމްރާއަށް ދިއުން ފަސޭހަވާގޮތަށް އަހަރުތެރޭގެ ކޮންމެ ދުވަސްވަރެއްގައި ވެސް އުމްރާއަށް ދެވޭނެ އިންތިޒާމުތައްވެސް ޤިބްލަ ހައްޖު އެންޑް ޢުމްރާ ކުންފުނިން ފަހިކޮށްދީފައިވާ ކަމަށްވެސް އެކުންފުނިން ވަނީ ބުނެފައެވެ.

ޤިބްލަ ޙައްޖު އެންޑް ޢުމްރާ ކުންފުނިން އަންނަނީ އާންމުންނަށް ކަމުދާނެހެން ޕެކޭޖްތައް ތައާރަފްކޮށް ހިދުމަތް ދެމުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *