މޮމްސް އެންޖީއޯއިން ކުރިއަށްގެންދާ "ބެކް ޓު ސްކޫލް 2022″ ޕްރޮގްރާމް އަށް މޫމޫ އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މިއީ އެހީ ބޭނުންވެފައިތިބި ގިނަ އާއިލާތަކުގެ ކުދިންނަށް ދިރާސީ އައު އަހަރަށް ބޭނުންވާ އަސާސީތަކެތި ފޯރުކޮށްދިނުމަށް މޮމްސް ޖަމިއްޔާއިން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަށް މޫމޫ އިން އެހީތެރިކަން ފޯރުކޮށްދިނީ އެ ކުންފުނީގެ “އީއައިއީއައިއޯ” ކެއާ ޕްރޮޖެކްޓުގެ ދަށުންނެވެ.

މި ޕްރޮގްރާމްގެ ދަށުން މޫމޫ އިން ވަނީ މޮމްސް ޖަމިއްޔާގެ ޕްރޮގްރާމަށް 100 ދަބަސް ހަދިޔާ ކޮށްފައެވެ.

"ބެކް ޓު ސްކޫލް 2022″ އަށް އެކި ފަރާތްތަކުން ވެދީފައިވާ އެހީތެރިކަމާއިއެކު މިއަހަރު މޮމްސް އެންޖީއޯއިން ވަނީ މިހާތަނަށް 134 ކެއާ ޕެކޭޖް ބަހާފައެވެ.

މޫމޫ އިން ބުނީ މޮމްސް އިން ކުރިއަށްގެންދާ ބެކް ޓު ސްކޫލް ޕްރޮގްރާމަކީ ބޭނުން ޖެހިފައިވާ ކުދިންނަށް އެހީވާން ހިންގާ ވަރަށް ރަނގަޅު ޕްރޮގްރާމެއް ކަމަށެވެ. އެ ޕްރޮގްރާމު ނަމޫނާއަކަށް ބަލައިގެން އެހެން ފަރާތްތަކުންވެސް މިފަދަ ޕްރޮގްރާމްތައް ހިންގާނެ ކަމަށް އުއްމީދު ކުރާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ހަރަކާތްތައް ރާވާފައިވާ ކަމަށާއި މުޖުތަމައަށް ފައިދާ ހުރި ކަންކަމަށް އެއްބާރުލުން ދޭނެ ކަމަށް ވެސް މޫމޫއިން ބުންޏެވެ.

މޮމްސް އެންޖީއޯއަކީ މުޖުތަމަޢުގައި އެންމެ އެހީތެރިކަން ބެނުންވެފައިވައިވާ ގިނަ އާއިލާތަކަށް އެއްބާރުލުން ފޯރުކޮށްދޭ އެންޖީއޯއެކެވެ. މީގެ ތެރޭގައި އެހީތެރިކަން ލިބުމުގައި ގޮންޖެހުންތައް ތަހައްމަލް ކުރަމުންދާ އެކަނިވެރި މައިން ހިމެނެއެވެ.

މޫމޫ އަކީ ކުޑަކުދިންނަށް ބޭނުންވާ ތަފާތު އުފެއްދުންތަކެއް ފޯރުކޮށްދިނުމުގެ މަގުސަދުގައި ހިންގަމުން އަންނަ އޮންލައިން ފިހާރައެކެވެ.

މޫމޫ އިން، ކުޑަކުދިންގެ ހެދުން، އަދި އެކްސެސަރީޒް ލިބެންހުރި އިރު ކުޑަކުދިންގެ ތައުލީމީ އަދި މުނިފޫހިފިލުވުމަށް ބޭނުންކުރާ ކުޅޭ ސާމާނުގެ ގިނަ ވައްތަރުތަކެއްގެ ލިބެން ހުރެއެވެ. ކުޑަކުދިންގެ ހެދުންތަކުގެ ތެރޭގައި ބޭރުގައި ލާ ހެދުމުން ފެށިގެން ނިދަންލާ ހެދުމާއި ބޫޓާއި ފައިވާން ލިބެން ހުރެއެވެ. ފާހަގަކޮށްލެވޭ ބްރޭންޑްތަކުގެ އެކްސެސަރީޒް ލިބެން ހުރެއެވެ.

 

 

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *