ހުޅުމާލޭގެެ ދެވަނަ ފިޔަވަހީގައި ހިޔާ މަޝްރޫޢުގެ ދަށުން ގާއިމްކޮށްފައިވާ ފުލެޓުތަކުގެ ޙައްޤުވެރިންނަށް، އެ ފުލެޓުތަކަށް ވަދެވޭނެ ދުވަސް މިވަނީ ކައިރިވެފައެވެ. އެފަރާތްތަކުން ގިނަ ދުވަސްތަކެއް ވަންދެން ދެކެމުންދިޔަ ހުވަފެން ޙަޤީޤަތަކަށް ވުމުގެ މަގުމަތީގައިވާއިރު، އެކަމަށްޓަކައި ކުރަންޖެހޭ ބައެއް އިދާރީ ކަންތައްތަކެއް އެބަހުއްޓެވެ. އެގޮތުން ފުލެޓު ލިބިފައިވާ ފަރާތްތަކުން، ވަކި ޚާއްޞަ ޕޯޓަލަކަށް ވަދެ ބައެއް ލިޔުންތަކެއް ފުރަންޖެހޭގޮތަށް ވަނީ ހަދާފައެވެ.
އެޗްޑީސީން ތައްޔާރުކޮށްފައިވާ މި އޮންލައިން ޕޯޓަލަކީ ބޭނުންކުރަން ފަސޭހަ ޕޯޓަލެއް ނަމަވެސް، ޓެކްނޮލޮޖީއާއި އެހާ ގާތްނޫން ބައެއް ފަރާތްތަކަށް މިފަދަ ޕޯޓަލެއް ބޭނުންކުރުމަކީ އެންމެ ފަސޭހަ ކަމަކަށް ނުވެދާނެއެވެ. އެހެންކަމުން، އެފަދަ ފަރާތްތަކަށް އެހީވުމުގެ މަގުސަދުގައި އާއްމުންގެ އެކުވެރި ގުޅުން ޖަމުޢިއްޔާއިން ވަނީ ހުޅުމާލޭގައި ހެލްޕް ޑެސްކެއް ބަހައްޓާފައެވެ. ހުޅުމާލޭގެ މަޝްހޫރު ރެސްޓޯރެންޓެއްކަމަށްވާ "ޕިއްޒާ ކިޗަން"ގައި ބަހައްޓާފައިވާ މި ހެލްޕް ޑެސްކުން، ހިޔާ ފުލެޓު ޕޯޓަލް ފުރުމުގައި އެހީތެރިވެދޭނެއެވެ.
މި ހެލްޕް ޑެސްކުން، މާދަމާގެ މެންދުރުފަހު 12 އިން 4 އަށް ޚިދުމަތްދޭނެއެވެ.
ހުޅުމާލޭގެ ހިތިގަސްމަގުގެ 6ވަނަ ގޯޅީގައި ހުންނަ ޕިއްޒާ ކިޗަނުގެ މެނޭޖްމަންޓުން މަޢުލޫމާތުދޭ ގޮތުގައި އެތަނުގެ ހުރިހާ އުފެއްދުންތައްވެސް ތައްޔާރުކުރާނީ ސާފުތާހިރުކަމަށް އިސްކަންދީ، އެޗްޕީއޭގެ މިންގަނޑުތަކާއިވެސް އެއްގޮތަށެވެ. ޕިއްޒާ ކިޗަނަށް 3356565 ނަންބަރަށް ގުޅައިގެންވެސް އޯޑަރކުރުމުން މާލެ ސަރަޙައްދުގައި ފްރީ ޑެލިވަރީ ކޮށްދޭނެއެވެ. މީގެ އިތުރުން 7876565 އަށް ވައިބަރ ކޮށްލައިގެންވެސް އޯޑަރ ކުރެވޭނެއެވެ.

