މިއަހަރުގެ ނޮވެމްބަރުގެ 1 ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.
މިއަހަރުގެ ނޮވެމްބަރުގެ 1 ވަނަ ދުވަހާއި ހަމައަށް ރާއްޖެ އަށް ޒިޔާރަތް ކޮށްފައިވަނީ 1،525،332 ފަތުރުވެރިންނެވެ. އެއީ މިފާއިތުވި 2022 ވަނަ އަހަރާއި އަޅައި ބަލާއިރު 13.0% ގެ އިތުރު މިންވަރެކެވެ.
އާންމު ގޮތެއްގައި މިއަހަރުގެ ޖެނުއަރީ އިން އޮކްޓޫބަރަށް، ކޮންމެ މަހެއްގައިވެސް ރާއްޖެއަށް 130،000 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ.
އެންމެ މަދުން ފަތުރުވެރިން ޒިޔާރަތް ކުރި ކަމަށް އޮބްޒާވް ކުރެވިފައިވަނީ މެއި މަހާއި ޖޫން މަހުގައެވެ. މެއި މަހު އައިސްފައިވަނީ120.959 ފަތުރުވެރިންނެވެ. އަދި ޖޫން މަހު އައިސްފައިވަނީ 120،363 ފަތުުރުވެރިންނެވެ.
އެންމެ ގިނައިން ފަތުުރުވެރިން އައި ކަމަށް ރިކޯޑް ކުރެވިފައިވަނީ ފެބްރުއަރީ މަހާއި މާޗްމަހުއެވެ. އެގޮތުން ފެބްރުއަރީ މަހު 177،915 ފަތުރުވެރިން ޒިޔާރާތް ކުރިއިރު މާޗް މަހު 173،915 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތް ކޮށްފައެވެ.
މިއަހަރު ރާއްޖެއަށް މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ ރަޝިޔާއިންނެވެ. އެއީ 175،714 ފަތުރުވެރިންނެވެ. މިލިސްޓުގެ 10 ވަނައިގައި އޮތީ ސްވިޒަލޭންޑެވެ. އެޤައުމުން 29،795 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެެެވެ.
އާންމު ގޮތެއްގައި ރާއްޖެއަށް ދުވާލަކު 5001 ފަތުރުވެރިން އާދެއެވެ.

