ޤައުމީ އެއާލައިން މޯލްޑިވިއަން އިން ކުރިއަށް އޮތް ސްކޫލު ޗުއްޓީއާ ދިމާކޮށް އިންޑިޔާގެ ތިން މަންޒިލަކަށް ކުރާ ދަތުރުތައް އިތުރުކުރުމަށް އެކުންފުނިން ނިންމައިފި އެެވެ.

މި ދަތުރުތައް އިތުރުކުރުމަށް ނިންމާފައިވަނީ ޑިސެމްބަރު 15 ވަނަ ދުވަހުން ފެށިގެން ކޮޗިން، ޓްރިވެންޑްރަމް އަދި ބެންގަލޫރަށެވެ.ކޮޗިންއަށް ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 19، 26، 31 އަދި ޖެނުއަރީ ހަތަރު ވަނަ ދުވަހު އެވެ.

ޓްރިވެންޑްރަމަށް ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 15، 22 އަދި ޖެނުއަރީ ދޭކާއި ފަސްވަނަ ދުވަހު އެވެ.

ބެންގަލޫރަށް އިތުރުކުރާ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 24 ވަނަ ދުވަހުން ފެށިގެންނެވެ. އޭގެފަހުން ޑިސެމްބަރު 25 އަދި 28 ވަނަ ދުވަހުވެސް ބެންގަލޫރަށް ދަތުރުކުރުމަށް ހަމަޖެހިފައިވެ އެވެ.

ދިވެހިންނަކީ އާންމުކޮށް އިންޑިޔާއަށް ދަތުރުކޮށް އުޅޭ ބައެކެވެ. އާންމުންކޮށް ދިވެހިން ގޮސް އުޅެނީ ކޮޗިން، ޓްރިވެންޑްރަމް އަދި ބެންގަލޫރަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *