ބެސްޓްބަޑީ މެދުވެރިކޮށް ޗައިނާއިން މުދާ ގެނައުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެ ކުންފުނިން ބުނީ މި ފުރުސަތުގެ ދަށުން ވިޔަފާރި ބޭނުމަށާއި އަމިއްލަ ބޭނުންތަކަށް ކަސްޓަމަރު ބޭނުންވާ ކޮންމެ މުދަލެއްވެސް ގެނެސްދޭނެ ކަމަށެވެ. މިގޮތަށް މުދާ ގެނެސްދޭނީ މާލެ ޕޯޓަށާއި ކުޅުދުއްފުށީ ޕޯޓަށެވެ.

ބެސްޓްބަޑީ މެދުވެރިކޮށް މުދާ ގެންނަ ފަރާތްތަކުން ދައްކަން ޖެހޭނީ އޯޝަން ފްރެއިޓެވެ. އެއީ 1 ސީބީއެމް އަށް އެންމެ 320 ޑޮލަރެވެ. 1 ސީ.ބީ.އެމް އަކީ 3ފޫޓް 3 ފޫޓްގެ ދާގީނާގެ މުދަލެވެ.

މި ފުރުސަތުގެ ދަށުން ކަސްޓަމަރުން ބޭނުންވާ މުދާ ޗައިނާއިން ގަނެ ޗައިނާގައި މުދާ ގުަދަން ކުރުމާއި މުދާ ރާއްޖެ އައުމުން ކަސްޓަމުން މުދާ ކްލިއަރ ކުރުމަށް އިތުރު ޗާޖެއް ނުނަގާނެ ކަމަށް ބެސްޓް ބަޑީއިން ވަނީ ހާމަކޮށްފައެވެ. ނަމަވެސް ކަސްޓަމްސް އިން ނަގާ އިމްޕޯޓް ޑިއުޓީ މުދަލުގެ ވެރިފަރާތުން ދައްކަން ޖެހޭނެއެވެ

ބެސްޓްބަޑީން ބުނީ މިގޮތަށް މުދާ ގެންނަ ފަރާތްތަކުގެ ތެރެއިން ހއ. އާއި ހދ. އަދި ށ. އަތޮޅުގެ ރަށްރަށުން ގެންނަ މުދާ ފެރީތަކަށް ހިލޭ ޑެލިވަރީ ކޮށްދޭނެ ކަމަށެވެ. އަދި މާލޭގެ ބަނދަރުގައި އޮންނަ ބޯޓާއި ހަމައަށް މުދާ ގެންގޮސްދިނުމުގެ ޚިދުމަތް ބެސްޓް ބަޑީ އިން ފޯރުކޮށްދޭނެކަމަށް އެކުންފުނިން ހާމަކުރެއެވެ.

މީގެ އިތުރުން ޕްރީ އޯޑަރަށް ރަށު ބަގީ އާއި، ބެޓެރީކާރު އަދި 4 ފުރޮޅުލީ ރަށުޕިކަޕް ބެސްޓް ބަޑީއިން ގެނެސްދޭނެ ކަމަށް އެފަރާތުން ވަނީ ހާމަކޮށްފައެވެ.

ބެސްޓް ބަޑީ އަކީ ބެޓެރީ ވެހިކަލް ރާއްޖެ އަށް އެތެރެކޮށް ވިއްކުމުގައި ޢާްއްމުންގެ އިތުބާރު ހޯދާފައިވާ ކުންފުންޏެެއްގެ ގޮތުގައިވަނީ ފާހަގަކުރެވިފައެވެ.

ބެސްޓްބަޑީ މެދުވެރިކޮށް މުދާ ގެންނަން ބޭނުންވާ ފަރާތްތަކުން 9417856 އަށް ގުޅައިގެން ނުވަތަ 9936915 އަށް ވައިބާ ކޮށަގެން އިތުރު މައުލޫމާތު ސާފު ކުރެވޭނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *