ތަފާތު ގިނަ ބާވަތުގެ މުދަލާއެކު ބެސްޓްބަޑީގެ ބޮޑު ފިހާރައެއް ކުޅުދުއްފުށި ސިޓީގައި ހުޅުވައިފި އެވެ.

ހިޖުރީ އާއަހަރާއި ދިމާކޮށް ބެސްޓް ބަޑީން އަލަށް ހުޅުވި މި ފިހާރައިން ތަފާތު ގިނަ ބާވަތްތަކުގެ މުދާ ހެޔޮއަގުގައި ލިބޭނެކަމަށް އެފަރާތުން ހާމަކުރެއެވެ.

މިފިހާރަ ހުޅުވާފައިވަނީ ކުޅުދުއްފުށީ ބޭރުމަގު އެތުމާ ދަގަނޑު ގުދަން ކުރިމަތިން ބަރާބަރު ފިހާރަ ހުންނަ މަގުގަ އެވެ. މިފިހާރައިން ބަދިގޭގައި ގެންގުޅޭ އެކި ވައްތަރުގެއިލެކްޓްރޯނިކް ސާމާނު ލިބެން ހުރެއެވެ.

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދިވެހިންގެ މެދުގައި މަގްބޫލުކަން ހޯދާފައިވާ ވަޑާން ސާމާނު، ޗައިނާގެ އެމްޕީޓީ (މޯސްޓް ޕްރޮފެޝަނަލް ޓޫލްސް) ޝޫރޫމް ވެސް މިފިހާރައިގެ ފުރަތަމަ ފަނގި ފިލާގައި ހުންނާނެ އެވެ.

މީގެ އިތުރުން ބެސްޓް ބަޑީއިން ފުޅާ ދާއިރާއެއްގައި ވިއްކަމުން އަންނަ އެކި ސައިޒުގެ ރަށު ޕިކަޕާއި އެކި ބާވަތްތަކުގެ ބެޓެރީ ވެހިކަލް އާއި ކުޑަ ކުދިންނާއި ބޮޑެތި މީހުންގެ އެކިޒައިޒްގެ ބައިސްކަލް ލިބެން ހުންނާނެއެވެ. މީގެ އިތުރުން ބެސްޓް ބަޑީއިން ވިއްކާ ވެހިކަލް ތަކަށް ބޭނުންވާ ސްޕެއަރ އާއި އެކި ސައިޒްގެ ތަށި މުށި އަދި ހާޑްވެއަރގެ ގިނަ ބާވަތްތައް މިފިހާރައިން ލިބެން ހުންނާނެއެވެ.

ބެސްޓް ބަޑީ އިން އަލަށް ވިއްކަން ފެށި ސާމާނުތަކުގެ ތެރޭގައި ގޭތެރޭގައި ބޭނުން ކުރާ އެކި އާލާތްތައް ހިމެނެއެވެ. އެގޮތުން އެކި ސައިޒުގެ ޓީވީ އާއި އިލެކްޓްރޯނިކް ސާމާނުގެ އިތުރުން ބަދިގޭގައި ބޭނުންކުރާ އެކި ސާމާނުތައް ހިމެނެއެވެ.

ލެޕްޓޮޕާއި މޮބައިލް ފޯން އެކްސެސަރީޒް، ކަސްރަތުކުރުމަށް ބޭނުންވާ ތަފާތު އެކި އެކި މެޝިންތަކާއި ކުޑަކުދިންގެ ކުޅޭ ސާމާނުގެ ވަރަށް ގިނަ ވައްތަރުތައް ލިބެން ހުންނާނެއެވެ.

ބެސްޓްބަޑީގެ އޮފިޝަލަކު ހާމަކުރިގޮތުގައި މިފިހާރައިން ވިއްކާ ތަކެތީގެ އަގު ނިސްބަތުން ހެޔޮވެފައި ކޮލިޓީ ވާނެއެވެ.

ކުޅުދުއްފުށި ސިޓީ އަކީ ހއ. ހދ. އަދި ށ އަތޮޅުގެ ގިނަ ބަޔަކު އެކި ބޭނުންތަކުގައި ދަތުރު ކުރަމުން އަންނަ ސިޓީއަކަށް ވާއިރު އެރަށު ބަނދަރުގައި އޮންނަ ބޯޓަށް މުޅި ލޯޑް ކޮށްދޭނެކަމަށް ވެސް އެފިހާރައިން ބުނެއެވެ.

އޯޑަރ ދެއްވުމަށް ނުވަތަ މަޢުލޫމާތު ސާފުކުރެއްވުމަށް އެފިހާރައިގެ ނަންބަރ 9193965 އަށް ގުޅުއްވުން އެދެއެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *