ބެޓެރީ ވެހިކަލް ރާއްޖެ އެތެރެކޮށް އާންމުންގެ މެދުގައި އެންމެ ބޮޑު އިތުބާރެއް ހޯދާފައިވާ ބެސްޓް ބަޑީއިން ކޮލިޓީ ރަނގަޅު އެސް.އެސް ރަށުޕިކަޕް މިހާރު ލިބޭނެކަމަށް އެފިހާރައިން ބުނެފި އެވެ.

ބެސްޓް ބަޑީގެ އޮފިސަލަކު މަޢުލޫމާތުދެމުން ވިދާޅުވީ، އެސް.އެސް ރަށުޕިކަޕްގެ ސްޕެއަރޕާރޓްސް ޔަޤީންކަމާއެކު މިހާރު އެފިހާރައިން ލިބޭނެކަމަށެވެ. ބެސްޓް ބަޑީއިން 800 ވޯޓުގެ ޕިކަޕެއް ވިއްކަނީ -/26000 ރުފިޔާއަށެވެ. އަދި 1000 ވޯޓުގެ ޕިކަޕެއް ވިއްކަނީ -/28000 ރުފިޔާއަށެވެ.

މީގެ އިތުރުން 4 ސީޓުގެ ޓްރިސައިކަލް ޕްރީ އޯޑަރއަށްވެސް ވަނީ ހުޅުވާލާފަ އެވެ. މީހުން އުފުލުމަށާއި އަދި މުދާ އުފުލޭނެ ފަދަ ގޮތަކަށް ފަރުމާކޮށްފައިވާ މި ޓްރިސައިކަލް ވިއްކުމަށް ހަމަޖެހިފައިވަނީ -/55000 ރުފިޔާއަށެވެ.

ރަށުޕިކަޕަކީ އާދަޔާއި ހިލާފަށް ރަށްފުށުގެ މަސަކަތްތެރިންގެ ހިތެވެ. މަސައްކަތުގެ ވިންދެވެ. ހާއްސަކޮން ކުޑަ ހަރަދަކުން އެއްތަނުން އަނެއްތަނަށް ދަތުރު ކޮށްލެވޭ އުޅަދަކަށް ރަށުޕިކަޕް ވެގެން ދިޔައެވެ. އެއީ އޭގެ ބޭނުން ބޮޑުވެފައި ގެންގުޅެން ކުޑަބަޖެޓަކުން ފުއްދާލެވި މަރާމާތު ކުރަން ފަސޭހަ އުޅަނދަކަށް ވުމާއެކު އޭގެ ސްޕެއަރ ޕާރޓްސް ފަސޭހަކަމާއެކު ބެސްޓް ބަޑީއިން އަތްފޯރާފަށުގައި ފަސޭހަކަމާއެކު ލިބެން ހުންނާތީއެވެ. ރާއްޖޭގެ ރަށްރަށުގެ އާންމު ދިރިއުޅުމަށް އިންގިލާބެއް ގެނުވި އުޅަނދަކަސް ރަށުޕިކަޕު ވެގެން ދިޔަ އެވެ.

މިއީ ރާއްޖެ އެތެރެކުރި އުޅަނދުތަކުގެ ތެރެއިން އާންމު މަސައްކަތްތެރިންގެ އިތުބާރު ރަށުޕިކަޕަށް ލިބެން ދިމާވި އެންމެ ބޮޑު އެއްކަމަކީ އޭގެ ސްޕެއަރޕަރޓްސް ހެޔޮ އަގެއްގައި ބެސްޓް ބަޑީ ފިހާރައިން ލިބެން ހުރުމެވެ. މީގެ އިތުރުން އެފިހާރައިން އަންނަނީ ރަށުޕިކަޕުގެ ޓެކްނިކަލް ސަޕޯޓުވެސް ފުޅާދާއިރާއެއްގައި ދެމުންނެވެ. އަދި އާފްޓަރ ސޭލްސް ސާރވިސް ވެސް އެފިހާރައިން އަންނަނީ ފޯރުކޮށްދެމުންނެވެ.

ބެސްޓްބަޑީއިން ބައްލަވައިގަންނަވާ ކޮންމެ ރަށުޕިކަޕަކަށް ރަޖިސްޓްރީގެ ކަންކަން ކޮށްދެމުން އަންނަނީ ހިލެއެވެ. މިކަމަށް އެފިހާރައިން އެއްވެސް އަގެއް ނުނަގައެވެ. ބެސްޓްބަޑީއިން ބުނީ މިވަގުތު އެފިހާރައިގައި ރަށު ޕިކަޕުގެ އެކި ސައިޒު ލިބެން ހުރިކަމަށެވެ.

ބެސްޓްބަޑީގެ ފަރާތުން މާލެ އާއި ހދ. ކުޅުދުއްފުށީ ސިޓީގައި ހިންގަމުންދާ ފިހާރަތަކަށް ގުޅައިގެން މަޢުލޫމާތު ސާފުކުރެއްވޭނެކަމަށް އެފަރާތުން ހާމަކުރެއެވެ. ބެސްޓް ބަޑީ އިން މުދަލެއް ގަންނަން ބޭނުންވެއްޖެ ނަމަ އަދި މުދަލާއި ބެހޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް ބެސްޓް ބަޑީ ކުޅުދުއްފުށި 9907010، ބެސްޓް ސާރކަލް 6528980 އަދި މާލެ ސަރަހައްދުން ނަމަ 9936915 ނަންބަރ އަށް ގުޅައިގެން ކުރިއަށް ދާންވީއެވެ. ބެސްޓްބަޑީ އަކީ ތިޔަ އެންމެ ބޭފުޅުންގެ އެންމެ ގާތް އެކުވެރިޔާއެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *