ކުޑަކުދިންނަށް ބޭނުންވާ ތަފާތު އެއްޗެހި ވިއްކާ ފިހާރަ "މޫމޫ"ގެ އަހަރީ ސޭލްގެ ލަކީޑްރޯއިން ހޮވޭ ކަސްޓަމަރަކަށް ޢުމްރާ ދަތުރެއް ދޭން އެ ފިހާރައިން ނިންމައިފަ އެވެ.
އެ ފިހާރައިން ބުނެފައިވަނީ މި މަހުގެ އެއްވަނަ ދުވަހު ފެށި އަހަރީ ސޭލަކީ އަހަރު ނިމުމާ ދިމާކޮށް، އެ ތަނުން ވިއްކާ ގިނަ ޕްރޮޑަކްޓުތަކެއް ހެޔޮ އަގުގައި ފޯރުކޮށްދިނުމުގެ ގޮތުން ފެށި ސޭލެއް ކަމަށެވެ. އެގޮތުން މި ސޭލްގައި އެ ތަނުން ވިއްކާ ގިނަ ޕްރޮޑަކްޓުތަކަކުން ޑިސްކައުންޓު ލިބޭނެ ކަމަށް މޫމޫއިން ބުނެފައިވެއެވެ.
“މޫމޫ”ގެ އަހަރީ ސޭލްގައި 80 ޕަސެންޓާ ހަމައަށް އެކި ޕްރޮޑަކްޓުތަކުން ޑިސްކައުންޓު ލިބޭނެ ކަމަށާއި، ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ މަހުގެ ނިޔަލަށް ކަމަށް “މޫމޫ”އިން ބުނެފައިވެއެވެ.
"މޫމޫ" ފިހާރައިގައި ކުޑަކުދިންނަށް ހާއްސަ އާޓް ސަޕްލައި އާއި އެކި ޢުމުރުތަކުގެ ކުދިންނަށް ޚާއްސަ، ކުޅޭ އެއްޗެހި ހުރެ އެވެ. އަދި މި ފިހާރައިގައި ކުޑަކުދިންނަށް ޚާއްސަ "އައިކިއާ" ބްރޭންޑުގެ ފަރުނީޗަރާއި ގޮދަޑި އަދި ބެޑްޝީޓު ފަދަ ތަކެތި އެ ލިބެން ހުރެ އެވެ.
"މޫމޫ"ގައި ކުޑަކުދިންގެ ހެދި ބޮޑުވުމުގައި ބޭނުންވާނެ އެކި ޕްރޮޑަކްޓުތަކާއި ބެލެނިވެރިންނަށް ޚާއްސަ ޕްރޮޑަކްޓުތައް ވެސް ލިބެން ހުރެ އެވެ.
"މޫމޫ" އަކީ ދާދި ފަހާޖެހެންދެން އޮންލައިންކޮށް ހިންގި ވިޔަފާރި އެކެވެ. "މޫމޫ"ގެ ފިހާރަ ހުޅުވީ ސެޕްޓެމްބަރު މަހު އެވެ. މި ފިހާރައިން ޑެލިވަރީގެ ޚިދުމަތް ވެސް ދެ އެވެ.

