މިހިނގާ ނޮވެމްބަރުމަހުގެ 22ގެ ނިޔަލަށް ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން ޒިޔާރަތް ކޮށްފިއެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާއިން މިއަދު ޢާންމު ކުރެއްވި ނޮވެމްބަރު މަހުގެ ފަތުރުވެރިކަމުގެ ތަފާސްހިސާބަށް ބަލާއިރު، މި މަހުގެ 22 ގެ ނިޔަލަށް ރާއްޖެ އަށް 1،640،826 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

މިއީ މިދިޔަ އަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދާއި ބަލާއިރު 13 އިންސައްތަ ކުރިއެރުމެކެވެ.

ނޮވެމްބަރު 22 ގެ ނިޔަލަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ ރަޝިޔާއިން ނެވެ. އެ ޤައުމުން އައިސްފައި ވަނީ 188،000 ފަތުރުވެރިންނެވެ. ރަޝިޔާ އަކީ މިދިޔަ އަހަރު މިހާތަނަށް އެންމެ ގިނައިން ދެވަނަ އަށް ރާއްޖެއަށް ފަތުރުވެރިން އައި ޤައުމެވެ.

މި ތާރީޚާއި ހަމައަށް ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ މިދިޔަ އަހަރު އެއްވަނައިގައި އޮތް އިންޑިޔާ އިންނެވެ. އެ ޤައުމުން ނޮވެމްބަރު 22 ގެ ނިޔަލަށް 177،393 ފަތުރުވެރިން އައިސްފައި ވެއެވެ.

މި ލިސްޓްގެ ތިންވަނައިގައި ޗައިނާ އޮތްއިރު، އެ ޤައުމު މިދިޔަ އަހަރު އޮތީ 27 ވަނައިގައެވެ.

ލިސްޓްގެ ހަތަރު ވަނައިގައި އިނގިރޭސިވިލާތް އޮތްއިރު، ފަސްވަނައިގައި އޮތީ ޖަރުމަނުވިލާތެވެ. ހަވަނައިގައި އޮތީ އިޓަލީއެވެ.

ލިސްޓްގެ ހަތްވަނައިގައި އޮތީ އެމެރިކާ އެވެ. އަށް ވަނަ އަށް ފްރާންސް އަންނައިރު، ނުވަ ވަނައިގައި ސްޕޭން އަދި 10 ވަަނައިގައި އޮތީ ސްވިޒަލޭންޑް އެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *