ސަރުކާރު ޚިއްސާވާ 21 ކުންފުންޏަކަށް މެނޭޖިންގ ޑިރެކްޓަރުން ހަމަޖައްސަވައިފިއެވެ.
ޕީސީބީ ބޯޑުން މިއަދު ކުރެއްވެވި އިޢްލާނެއްގައި ބުނެފައިވަނީ ސަރުކާރު ޙިއްސާވާ 21 ކުންފުންޏަކަށް އެމްޑީ އިން ހަމަޖައްސަވައިފި ކަމަށެވެ.
އެގޮތުން އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރަކަށް ހަމަޖައްސަވައިފައިވަނީ އަލްފާޟިލް ޢަބްދުލް މަޠީން މުޙައްމަދެވެ. އެމްޓީސީސީގެ އެމްޑީ އަކަށް އައްޔަނުކުރައްވައިފައިވަނީ އަލްފާޟިލް ޢަބްދުﷲ ޒިޔާދެވެ.
މީގެއިތުރުން ސްޓެލްކޯގެ އެމްޑީ އަކަށް އައްޔަނު ކުރައްވައިފައިވަނީ ހުސެއިން ފަހުމީއެވެ. އަދި އެޗްޑީސީގެ އެމްޑީ އަކަށް އައްޔަނު ކުރައްވައިފައިވަނީ އިބްރާހިމް ފަޒުލް ރަޝީދެވެ.
ހަމަމިއާއި އެކު އެމްއޭސީއެލްގެ އެމްޑީ އަކަށް ހަމަޖައްސަވައިފައިވަނީ އަލްފާޟިލް އިބްރާހިމް ޝަރީފް، އެމްޕީއެލްގެ އެމްޑީ އަކަށް ހަމަޖެއްސެވީ އަލްފާޟިލް މުޙައްމަދު ވަޖީޙް އިބްރާހިމެވެ.
އެސްޓީއޯގެ އެމްޑީ އަކަށް ހަމައްޖަސަވައިފައިވަނީ އަލްފާޟިލް ޝިމާދް އިބްރާހިމެވެ. އައިލެންޑް އޭވިއޭޝަންގެ އެމްޑީއަކަށް ހަމަޖައްސަވައިފައިވަނީ އަލްފާޟިލް އިބްރާހިމް އިލްޔާސްއެވެ. އަދި ވެމްކޯގެ އެމްޑީ އަކަށް ހަމަޖައްސަވައިފައިވަނީ އަލްފާޟިލް މުޖްތަބާ ޙަމީދެވެ.
އާސަންދަ ކުންފުނީގެ އެމްޑީއަކަށް އަލްފާޟިލާ އާމިނަތު ޒީނިޔާ އައްޔަނުކުރެއްވިއިރު، އެފްޑީސީ ގެ އެމްޑީ އަކަށް އައްޔަނުކުރައްވައިފައިވަނީ އަލްފާޟިލް ޙަމްދާން ޝަކީލެވެ. އަދި އެމްއައިޓީޑީގެ އެމްޑީ އަކަށް އައްޔަނުކުރައްވައިފައިވަނީ އަލްފާޟިލާ ހައްވާ ޝިއުނާ ޚާލިދެވެ.
ޙައްޖު ކޯޕަރޭޝަންގެ އެމްޑީ އަކަށް ހަމަޖައްސަވައިފައިވަނީ އަލްފާޟިލް މުޙައްމަދު ޝަކީލެވެ. ޓީއެމްސީއެލް އަށް އައްޔަނުކުރައްވައިފައިވަނީ އަލްފާޟިލާ ސަޢީދާ ޢުމަރެވެ.
ޕީއެސްއެމްގެ އެމްޑީ އަކަށް އައްޔަނު ކުރައްވައިފައިވަނީ އަލްފާޟިލާ ޒީނާ ޒާހިރެވެ. އާރްޑީސީގެ އެމްޑީ އަކަށް އައްޔަނުކުރައްވައިފައިވަނީ ރިޑަޔާޑް ބްރިގޭޑިއަރ ޖެނެރަލް ޢަލީ ޒުހައިރެވެ. ފެނަކައިގެ އެމްޑީއަކަށް އައްޔަނު ކުރައްވައިފައިވަނީ އަލްފާޟިލް މުޢާޒް މުޙައްމަދު ރަޝީދެވެ. އަދި އާރްއޭސީއެލްގެ އެމްޑީއަކަށް އައްޔަނުކުރައްވައިފައިވަނީ އަލްފާޟިލް އަހްމަދު މުބީނެވެ.
އެމްއެފްސީއެލް އަށް އައްޔަނުކުރައްވައިފައިވަނީ އަލްފާޟިލް އަހްމަދު ނާޡިމެވެ. އަދި އެމްޓީޑީސީގެ އެމްޑީ އަކަށް އައްޔަނުކުރައްވައިފައިވަނީ އަލްފާޟިލް އަޙްމަދު ނިޔާޒެވެ.

