ވޯލްޑް ޓްރެވަލް އެވޯޑްސް 2023 ގެ ވޯލްޑް ލީޑިންގ ޑެސްޓިނޭޝަންގެ އެވޯޑް ހަތަރުވަނަ ފަހަރަށް ރާއްޖެއިން ހޯދައިފިއެވެ.

މި އެވޯޑުގައި 10 އެވޯޑެއް ރާއްޖެއިން ވަނީ ހޯދައިފައެވެ. މި އެޥޯޑް ދިނުމުގެ ހަފްލާ ބާއްވައިފައިވަނީ ދުބާއީގެ އަލް ބުރުޖް ޚަލީފާގައެވެ.

ރާއްޖެއަށް ލިބުނު އެވޯޑް ތަކުގެ ތެރޭގައި ހިމެނެނީ ވޯލްޑް ލީޑިންގް ޑެސްޓިނޭޝަން އެވޯޑް ޖެހިޖެިގެން ހަތަރުވަނަ ފަހަރަށް ރާއްޖެއިން މިވަނީ ހޯދައިފައެވެ. އަދި ވޯލްޑްސް ލީޑިން ޓުވަރިސްޓް ބޯޑުގެ އެވޯޑް ލިބިފައިވަނީ ދިވެހިރާއްޖޭގެ އެމްއެމްޕީއާރްސީ އަށެވެެ.

މީގެއިތުރުން ވޯލްޑް ޓްރެވަލް އެވޯޑްސްގައި މުޅިން އަަލަށް ދޭން ފެށި އެވޯޑް ރިސެލިއެންސް އެވޯޑް ހާސިލް ކުރި ފަސް ޤައުމުގެ ތެރޭގައިވެސް ރާއްޖެ ހިމެނެއެވެ. މިއާއިއެކު އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރ ޠައްޔިބް މުޙައްމަދަށް ވަނީ ސްޕެޝަލް އެޗީވްމެންޓް އެވޯޑް ލިބިފައެވެ.

ހަމަމިއާއި އެކު ދުނިޔެގެ ލީޑިން ސީޕްލޭން އެވޯޑް ރާއްޖޭގެ ޓީއެމްއޭ އަށް ވަނީ ލިބިފައެވެ. ރޭގެ އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ކުރީގެ ޓުވަރިޒަމް މިނިސްޓަރ ޑރ ޢަބްދުﷲ މައުސޫމަށް ވަނީ ޓްރެވަލް ޕާސަނަލިޓީ އޮފް ދަ އިޔަރ ގެ މަޤާމް ހާސިލް ކުރައްވައިފައެވެ.

މީގެއިތުރުން އިންޑިއަން އޯޝަންސް ލީޑިންގ ނިއު ރިސޯޓްގެ އެވޯޑް ހޯދައިފައިވަނީ ރާއްޖޭގެ އެމާލްޑް ފާރުފުށި ރިސޯޓް އެންޑް ސްޕާ އެެވެ. އަދި ވޯލްޑް ލީޑިން އެއަރޕޯޓް ރިސޯޓް އެވޯޑް ހޯދައިފައިވަނީ ހުޅުލޭ އައިލެންޑް ހޮޓަލް އެވެ. މިއީ މި އެވޯޑް އެހޮޓަލުން ހޯދި 12 ވަނަ ފަހަރެވެ.

ވޯލްޑްސް ލީޑިންގ ހަނީމޫން ރިސޯޓް އެވޯޑް ހާސިލް ކޮށްފައިވަނީ ރާއްޖޭގެ ޖޭއޭ މަނަފަރު ރިސޯޓުންނެވެ. މިއީ މިއެވޯޑް އެރިސޯޓުން ޖެހިޖެހިގެން ހާސިލް ކުރި ފަސްވަނަ ފަހަރެވެ.

ވޯލްޑްސް ލީޑިންގ ލަގްޒަރީ ހަނީމޫން ރިސޯޓްގެ އެވޯޑް ހާސިލް ކޮށްފައިވަނީ ވައްކަރު މޯލްޑިވްސް ރިސޯޓެެވެ. މިއީ މިއެވޯޑް މިރިސޯޓުން ހާސިލް ކުރި ހަތަރުވަނަ ފަހަރެވެ.

ހަމަމިއާއިއެކު ވޯލްޑްސް ލީޑިން ޕްރައިވެޓް އައިލެންޑް ރިސޯޓްގެ އެވޯޑް ހާސިލް ކޮށްފައިވަނީ ވެލާ ޕްރައިވެޓް އައިލެންޑް އެވެ. ވޯލްޑްސް މޯސްޓް ރޮމޭންޓިކް އެވޯޑް ހާސިލް ކޮށްފައިވަނީ ބަރޮސް މޯލްޑިވްސް އެވެ. މި އެވޯޑް ބަރޮސް މޯލްޑިވްސް އިން މީގެ ކުރިން 8 ފަހަރަކު ވަނީ ހޯދައިފައެވެ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *