ރާއްޖޭގެ ތަރައްޤީ އަށް ބޭނުންވާ މާލީ އެހީ އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމެންޓް ބޭންކް (އޭއައިއައިބީ) އާއި އެކު މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކޮށްފައިވަނީ ދިވެހި ރާއްޖޭގެ ފޮރިންގ މިނިސްޓަރ މޫސާ ޒަމީރު އާއި އޭއައިއައިބީގެ ރައީސް ޖިން ލީޗުއިން އާއި ދެމެދުއެެވެ.

މި ބައްދަލުކުރެއްވުމާއި ގުޅޭ ގޮތުން މިނިސްޓަރ ޒަމީރު ކުރެއްވެވި ޓްވީޓުގައި ވިދާޅުވެފައިނީ ރައީސް ޑރ މުޙައްމަދު މުޢިއްޒު ކުރިއަށް ރާއްވަވައިފައިވާ އުންމީދީ ތަރައްޤީގެ މަޝްރޫޢުތައް ތަންފީޒުކުރުމަށް ބޭނުންވާ ފައިސާ ހޯދުމާއި މެދު އެދޭބުޅުންގެ މެދުގައި މަޝްވަރާ ކުރެވިފައިވާނެ ކަމަށެވެ.

ޚާއްސަގޮތެއްގައި އައްޑު އާއި ގދ. ތިނަދޫ އާއި ރީޖަނަލް އެއާޕޯޓްސް އާއި އިޔާދަކުރަނިވި ހަކަތައިގެ ޕްރޮޖެކްޓްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް ޒަމީރުވަނީ ވިދާޅުވެފައެެވެ.

މީގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް ހުޅުވަން ކުރާ މަސައްކަތްތަކާއި ޓޫރިޒަމް ދާއިރާ ކުރިއަރުވައި އެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ކުރުމާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރި އެވެ.

މިނިސްޓަރ ޒަމީރް އޭއައިއައިބީގެ ރައީސް އާއި ބައްދަލުކުރެއްވީ ކޮޕް28 ސަމިޓްގެ ހަވާސާގެ ތެރެއިންނެވެ.

އޭއައިއައިބީ އަކީ 2014 ވަނަ އަހަރު ޗައިނާގެ އިސްނެގުމުގެ ދަށުން އުފައްދައިފައިވާ ބޭންކެކެވެ.

 

 

 

 

 

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *