ސަރުކާރު ޚިއްސާވާ ކުންފުންޏެއްގެ ގޮތުގައި އޮތް މިފްކޯ އަކީ 100% ސަރުކާރުން ކުންފުންޏެއް ކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑރ މުޢިއްޒު ވަނީ މިކަން އިޢްލާނު ކުރައްވައިފައެވެ. މިއަދު މިބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމަކީ ކެބިނެޓްގެ ބައްދަލު ކުރެއްވުމަށް ފަހު އެބައްދަލު ކުރެއްވުމުގައި ނިންމެވި ކަންކަން ޚިއްސާ ކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެކެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ މުއިއްޒު ވިދާޅުވީ ރާއްޖޭގެ މަސްވެރިކަން ކުރިއަރުވައި މަސްވެރިކަމުގެ ދާއިރާ ހަރުދަނާ ކުރެވޭނީ މިފްކޯ ހަރުދަނާކުރެވިގެންކަމަށެވެ. އަދި އެމަނިކުފާނު ވަނީ، މަސްވެރިންނަށް ޚާއްޞަ ކޯޕަރޭޓިވްއެއް ޤާއިމުކުރައްވައި، އެ ކޯޕަރޭޓިވްއަކީ މިފްކޯގެ ހިއްސާދާރެއް ކަމުގައި ހެދުމަށް ނިންމަވާފައިވާ ކަންވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެ ކުރިން މިފްކޯ ހިންގަމުންދިޔައީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ.)ގެ ސަބްސިޑިއަރީ ކުންފުންޏެއްގެ ގޮތުގައެވެ.

މިއަދުގެ މި ނޫސްވެރިންގެ ބައްދަލުވުމުގައި މިއަދުގެ ކެބިނެޓް ބައްދަލު ކުރެއްވުމުގައި ނިންމެވި ކަންކަން ވަނީ ނޫސްވެރިންނާއި ޚިއްސާ ކުރައްވައިފައެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *