އިންޓަނޭޝަނަލް ލަގްޒަރީ ޓްރެވަލް މާކެޓް (އައިއެލްޓީއެމް) ކެންގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

މި ފެއަރގައި މޯލްޑިވްސް މަރކެޓިންގ އެންޑް ފަބްލިކް ރިލޭޝަންސް ކޯޕަރޭޝަން )އެމްއެމްޕީއާރުސ)ީ އާއި އެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތެރިވާ 8 ކުންފުންޏަކުން ވަނީ ބައިވެރިވެފައެވެ.

މި ފެއަރ ކުރިއަށްދަނީ މިމަހުގެ 4ވަނަ ދުވަހުން 7ވަނަ ދުވަހުގެ ނިޔަލަށް ފްރާންސްގެ ޕްލޭ ޑެ ފެސްޓިވަލްސް އެ ޑު ކޮންގްރޭގައެވެ.

އައިއެލްޓީއެމް ކޭންއަކީ ފްރާންސްގައި ބާއްވާ ފަތުރުވެރިކަމުގެ ފެއާތަކުގެތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ފެއަރއެވެ. މި ފެއަރ މެދުވެރިކޮށް ބައިނަލްއަޤްވާމީ މާކެޓްތަކުގެ ތެރެއިން ފްރާންސް، އެމެރިކާ، ޔޫކޭ، އިޓަލީ އަދި ޖަރުމަނުގެ ލަގްޒަރީ ޓްރެވަލް ޓްރޭޑް މެންބަރުންނާއި ބައްދަލުކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް އެމްއެމްޕީއާރުސީން ދެކެއެވެ.

އައިއެލްޓީއެމް ކޭންގައި އިންޑަސްޓްރީ ޕާޓްނަރުންނަށް ޓްރެވަލް ޓްރޭޑާއި ބައްދަލުކޮށް، ޕާޓްނަރޝިޕްތައް އިތުރުކޮށް ރާއްޖޭގެ ލަގްޒަރީ ސެގްމަންޓާއި ގުޅުންހުރި މުހިންމު މައުލޫމާތުތައް ފޯރުކޮށްދީ، ވަކިވަކި ލަގްޒަރީ ޕްރޮޕަޓީތަކާއި ތަޖުރިބާތައް ޕްރޮމޯޓުކުރުމުގެ ފުރުސަތުތައް ލިބިގެންދާނެ ކަމަށް އެމްއެމްޕީއާރުސީން ހާމަކުރެއެވެ.

ރާއްޖޭގެ ފަތުރުވެރިކަން ދުނިޔެއަށް އިޝްތިހާރުކޮށް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް އެމްއެމްޕީއާރުސީއިން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކާއި ގުޅިގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *