ފުނަދޫގައި ހުންނަ އެސްޓީއޯގެ ތެޔޮ ސްޓޯރޭޖް ތިލަފުއްޓަށް ބަދަލުކޮށް ކުރުމުން ކެޕޭސިޓީ އިތުރުވެ ތެލުގެ އަގު ހެޔޮކުރެވޭނެ ކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ޝިމާދު ވިދާޅުވީ ފުނަދޫގައި މިހާރު ހުރި ތެޔޮ ރައްކާކުރާ ސްޓޯރޭޖް ތިލަފުއްޓަށް ބަދަލުކުރުމަށްޓަކައި އެކަމަށް ބޭނުންވާ މިންވަރުގެ އެކަށީގެންވާ ބިމެއް ތިލަފށިން މިހާރު ހަމަޖެއްސުމުގެ ކަންކަން ކުރިއްށް ދާކަމަށާއި އެ މިހާރު ފުނަދޫގައި ހުރި ސްޓޯރޭޖް ތަކުގެ ބަދަލުގައި މިހާރު ރާއްޖެއަށް އެކަށީގެންވާވަރުގެ ސްޓޯރޭޖެއް ލިބުމުން ތެލުގެ އަގަށްވެސް ހެޔޮބަދަލެއް ގެނެވޭނެ ކަމަށެވެ.

އެ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޝިމާދު ވިދާޅުވީ ޕިއުލް ސްޓޯރޭޖް ތިލަފުއްޓަށް ބަދަލުކުރުމަށްޓަކައި ކޮންސުލްޓެންޓެއް އެކަމުގެ ޕްލޭނިންގ އާއި ކޮންސެޕްޓް ގެ މަސައްކަތް މިހާރު ކުރެވެމުންދާކަމަށާއި، އަދި އެ މަސައްކަތް ކޮށްދޭނެ ކޮންޓރެކްޓަރެއް ހޯދުމަށްވެސް ވަރަށް އަވަހަށް އިޢުލާނުކުރާނެ ކަމަށެވެ. އެގޮތުން މަސައްކަތުގެ އަމަލީ މަސައްކަތް ފަށާހިސާބުން އެމަސައްކަތް ނިންމަން 18 މަހާއި 24 މަހާ ދެމެދުގެ މުއްދަތެއް ހޭދަވާނެކަމަށް ލަފާކުރެވޭ ކަމަށްވެސް ޝިމާދު ވިދާޅުވިއެވެ.

މިސަރުކާރުން ފުނަދޫވަނީ ބިޒްނަސް ސެންޓަރެއްގެ ގޮތުގައި ތަރައްގީކޮށް މާލެއާއި ފުނަދޫ އާއި ހުޅުމާލެ ގުޅުވާލައި ސީޕްލޭން ޓާމިނަލް އެރަށަށް ބަދަލުކުރުމަށްވެސް ނިންމާފައެވެ. އަދި އެމްއޭސީއެލް އިން ވަނީ ޗައިނާގެ ކުންފުންޏަކާއެކު ފުނަދުއާއި ހުޅުލެއާއި ދެމެދު ރޭލުގެ ޙިދުމަތް ގާއިމް ކޮށްދިނުމުގެ އެއްބަސްވުމެއްގައި 14 އޮކްޓޯބަރ 2024 ގައި ސޮއިކޮށްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *