ޖެނުއަރީމަހު އެންމެ ބޮޑު ސާވިސްޖާޖެއް މުވައްޒަފުންނަށް ދިން ރިސޯޓަކީ ރިޒް ކާލްޓަން ރިސޯޓް އެވެ. އެރިސޯޓުން ޖެނުއަރީ މަހުގެ ސާވިސް ޗާޖުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް 4،409 ޑޮލަރު ވަނީ ދީފައެވެ.

ރިޒް ކާލްޓަން ރިސޯޓް ގެ މުވައްޒަފުންނަށް ޖެނުއަރީ މަހުގެ ސާވިސްޖާޖަށް ލިބުނު ޑިލަރު ބޭންކް ރޭޓުން މާރުކުރި ނަމަވެސް ކޮންމެ މުވައްޒަފަކަށް 67،000 އަށް ވުރެ ގިނަ ރުފިޔާ ލިބޭނެ އެވެ. ރިޒް ކާލްޓަންއަށްފަހު އެންމެ ގިނައިން ސާވިސް ޗާޖު ދިނީ ޖޯލި މޯލްޑިވްސްއިންނެވެ އެ ރިސޯޓުން ކޮންމެ މުވައްޒަފަކަށް ޖެނުއަރީ މަހުގެ ސާވިސް ޖާޖުގެ ގޮތުގައި 2،302 ޑޮލަރު ވަނީ ދީފައެެވެެ.

ޖެނުއަރީ މަހު އެންމެ ގިނައިން ސާވިސް ޗާޖު ދިން 10 ރިސޯޓު:

1- ރިޒް ކާލްޓަން – 4،409 ޑޮލަރު
2- ޖޯލި މޯލްޑިވްސް – 2،302 ޑޮލަރު
3- ޕާކް ހަޔަޓް މޯލްޑިވްސް ހަޑަހާ – 2،044.19 ޑޮލަރު
4- ސޮނޭވާ ޖާނީ – 1،865.42 ޑޮލަރު
5- އަނަންތަރާ ކިހާވައް – 1،813.51 ޑޮލަރު
6- ޕަޓީނާ މޯލްޑިވްސް – 1،801.59 ޑޮލަރު
7- އަވާނީ – 1،616.51 ޑޮލަރު
8- އެމެރަލްޑް މޯލްޑިވްސް – 1،597 ޑޮލަރު
9- ސިކްސް ސެންސަސް ކަނުހުރާ – 1،512.94 ޑޮލަރު
10- ޖޯލި ބީންގް – 1،484 ޑޮލަރު

މިދިޔަ އަހަރާއި އޭގެ ކުރީ އަހަރުގެ ޖެނުއަރީގައި އެންމެ ގިނައިން ސާވިސް ޗާޖު ދިނީ ވޮލްޑޯފް އެސްޓޯރިއާއިންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް