ކުރީގެ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން (އެމްއައިޑީއެފްޒެޑް) ގެ ސީއީއޯގެ މަގާމަށް އައްޔަނު ކޮށްފި އެެވެ.
އެމްއައިޑީއެފްޒެޑް އަކީ 100 ޕަސެންްޓް ސަރުކާރު ހިއްސާވާ ގޮތަށް މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ކުންފުންޏެެކެވެ.
އަދި ރިއަލް އެސްޓޭޓް، ޓޫރިޒަމް އަދި އެހެނިހެން ވިޔަފާރިތައް ހިމެނޭ ގޮތަށް އިހަވަންދިއްޕޮޅުގައި ތަރައްގީކުރާ "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ" އިންޓަގްރޭޓަޑް މަޝްރޫޢުގެ މާސްޓަރ ޑިވެލޮޕަރުގެ ގޮތުގައި ރައީސް މުއިއްޒު ފަހުން ވަނީ އެ ކުންފުނި ހަމަަޖައްސައިފަ އެވެ.
މާލީ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހުންނެވި ޝަފީގު ފިނޭންސް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ ސެޕްޓެމްބަރު މަހުގަ އެވެ.
އޭގެ ފަހުން މިދިޔަ ޑިސެމްބަރު މަހު ޝަފީހު ވަނީ އެޗްޑީއެފްސީގެ ބޯޑުގެ މެމްބަރުކަމަށް އައްޔަނުކޮށްފަ އެވެ.
ނިމިގެން ދިޔަ ސަރުކާރުގައި ޝަފީގު ވަނީ އެޗްޑީއެފްސީގެ ފައިނޭންސް ހެޑްގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ.

