ވެލިގާ ހާޑްވެއާގެ ފިހާރަތަކުން ލިބޭ ހުރިހާ ޕްރޮޑަކްޓްތައް ލިބޭ ފިހާރައެއް ހުޅުމާލެ ފޭސް 2 ގައި ހުޅުވައިފި އެވެ.
ހުޅުމާލެ ފޭސް 2 ގެ ވިނަރެސް 2 ގައި ހުޅުވި އެ ވެލިގާގެ ފިހާރައަކީ ނަން މަޝްހޫރު "މެޓާބޯ" ބްރޭންޑުގެ ޕަވާ ޓޫލްތަކާއި "ސެލީސް" ބްރޭންޑުގެ ތެރަހާއި ސިލިކޯންގެ އިތުރުން ހޯމީ" ބްރޭންޑުގެ ސިލިކޯން އާއި ފޯމު އަދި ޔާޓޯގެ ހޭންޑް ޓޫލް އަދި ނިޕޮން ޕެއިންޓް ގެއިތުރުން ވެލިގާ ހާޑްވެއާގެ ފިހާރަތަކުގައި ވިއްކާ ޕްރޮޑަކްޓު ރޭންޖުތަކުގެ އުފެއްދުންތައް ލިބެން ހުންނާނެ ފިހާރައެކެވެ.

ހުޅުމާލެ ފޭސް 2 ގައި ވެލިގާއިން ހުޅުވި އާ ފިހާރައާ އެކު "ވިޒިޓް އެންޑް ވިން" ޕްރޮމޯޝަނެއް ވަނީ އެ ފިހާރައިން ފަށާފަ އެވެ. އެގޮތުން ހުކުރު ދުވަހުން ފެށިގެން ފެބްރުއަރީ 21، ގެ ނިޔަލަށް އެ ފިހާރައަށް ގޮސް ވިޔަފާރިކުރާ ކަސްޓަމަރުންގެ މެދުގައި ނެގޭ ލަކީޑްރޯއިން ހޮވޭ އެއް ނަސީބުވެރިޔަކަށް 10،000 ރުފިޔާގެ ގެ ގިފްޓް ވައުޗަރެއް ދިނުމަށާއި، އަދި ޕްރޮމޯޝަން މުއްދަތުގައި ފިހާރަށް ޒިޔާރަތްކޮށް ވިޔަފާރި ކުރާ ކަސްޓަމަރުންގެ މެދުގައި ނެގޭ ލަކީ ޑްރޯއިން ހޮވޭ އިތުރު 10 މީހަކަށް ހާއްސަ އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
މީގެއިތުރުން ވެލިގާ ހާޑްވެއާ އަދި އެ ކުންފުނީގެ ދަށުން ހިންގާ ބްލަންކްގެ ފިހާރަތަކުން 50 ޕަސަންޓާ ހަމައަށް ޑިސްކައުންޓް ލިބޭ ރޯދަ ސޭލްއެއް ވެސް ވެލިގާ ހާޑްވެއާއިން ވަނީ ފަށައިފަ އެވެ. ރޯދަ މަހުގެ ނިޔަލަށް ކުރިއަށްދާ އެ ސޭލްގައި 100 ރުފިޔާ ގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ ކަމަށާއި، އަދި ޕްރޮމޯޝަންގެ ބޮޑު އިނާމުގެ ގޮތުގައި 20،000 ރުފިޔާގ ގެ ވައުޗަރެއް އަދި އިތުރު 10 ނަސީބުވެރިޔަކަށް 5،000ރުފިޔާ ގެ ވައުޗަރެއް ދިނުމަށް ވަނީ ނިންމާފައެވެ.

