މިވޭތުވެދިޔަ 15 މަސް ތެރޭ އެންމެ ގިނަ އަދަދަކަށް މިފްކޯއަށް މަސް ކިރުވާފައިވަނީ މިމަހުގެ 12 ވަނަ ދުވަހު ކަމަށް މިފްކޯއިން ބުނެފިއެވެ.

މިދިޔަ ބުދަދަވަހަކީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން މިހާތަނަށް މިފްކޯއަށް އެންމެ ގިނައިން މަސްކިރުވި ދުވަސް ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. ބުދަ ދުވަހު މިފްކޯއަށް ވަނީ 546 ޓަނުގެ މަސް ކިރުވާފައެވެ.

މިދުވަސްވަރު މަސްވެރިކަން ރަނގަޅުވުމާއެކު މަސްކިރަން ދޯނިފަހަރު ވަނީ ކޫއްޑޫގައި ކިއު ހަދާފައެވެ. މިވަގުތު މަސް ކިރަނަނީ ކިޔު ނަމްބަރު ދޫކޮށްގެންނެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވަނީ މިއީ މަސްވެރިން ކިއުގައި ޖެހޭނެ އެންމެ ފަހު އަހަރުކަމުގައި ހެއްދެއްވުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ސަރުކާރުން މި ސިނާޢަތް ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، މަސްވެރިކަން ކިތަންމެ ރަނގަޅުވިއަސް މަސްވެރިންނަށް އެއްވެސް ދަތިކަމެއް ނެތި މަސް ކިރޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިވޭތުވެ ދިޔަ 15 މަސްދުވަހުގެ މަސްވެރިކަމުގެ އައު ރެކޯޑެއް ޤާއިމްކޮށްފައިވާއިރު، މި ސަރުކާރު ހަވާލުވުމަށް ފަހު މިހާތަނަށް 1.1 ބިލިޔަން ރުފިޔާއަށް ވުރެ ގިނައިން މަސްވެރިންނަށް ވަނީ ދޫކޮށްފައެވެ. އަދި މިދިޔަ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު ފެށިގެން މަސްވެރިންނަށް 48 ގަޑިއިރުތެރޭ ކިރުވާ މަހަށް ދަނީ ފައިސާ ދޫކުރަމުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް