ފައިސާގެ ސްޕްލައިއަށް 15 ބިލިއަން ރުފިޔާ އިތުރުކޮށްފި ނަމަ ޑޮލަރުގެ އަގު 24 ރުފިޔާއަށްވުރެވެސް މަތިވެބާޒާރުގެ އަގުތައް އުފުލޭނެ ކަމަށް ކުރީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މޯލްޑިވެސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެޗްޑީސީގެ ރިއަލްއެސްޓޭޓް މާކެޓަށް 15 ބިލިއަން ރުފިޔާ އިންވެސްޓް ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކާ ގުލޭގޮތުން ރައީސް ނަޝީދުގެ އެކްސް އެކައުންޓުގައި ކޮސްފައިވާ ޕޯސްޓުގައި ވިދާޅުވެފައިވަނީ މާލީ މަރުކަޒެއް ތަރައްޤީކުރުމުގެ ނަމުގައި އެމްއެމްއޭ އިން، ރިއަލް އެސްޓޭޓް ގަތުމަކީ އައިއެމްއެފްއިން ހުށަހަޅާފައިވާ މާލީ ފިޔަވަޅުތައް ތަންފީޒުކުރުމަށް ސަރުކާރުން ވެފައިވާ ވަޢުދުތަކާ ވަރަށް ބޮޑަށް ޚިލާފު ކަމެއް ކަމަށެވެ. އަދި މި ފިޔަވަޅަކީ އަސްލު ޙަޤީޤަތުގައި ފޮރުވިފައިވާ ފައިސާ ޗާޕުކުރުމެއް ކަމަށެވެ.

އަދި ފައިސާގެ ސަޕްލައި 14 ބިލިއަން ރުފިޔާއަށް އިތުރުކުރުމުގެ ސަބަބުން، އެމެރިކާ ޑޮލަރުގެ ރޭޓު 24 ރުފިޔާއަށް ވުރެ މަތިވުމަކީ ގާތްކަމެއް ކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން އަގުތައް އުފުލިގެންދާނެ ކަމަށާއި ސަރުކާރުން މިކަމާއި މެދު އަލުން ވިސްނައި، ބަޖެޓް ޑެފިސިޓް ކުޑަކުރުމުގެ ފިޔަވަޅުތަކަށް އެނބުރި ދާންޖެހޭ ކަމަށް ވިދާޅުވެފައި ވެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *