އުރީދޫ ކަރާ ފަޅާ ގޭމަށް މީމް ހަދައިގެން ބޮޑު އިނާމު ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އުރީދޫ އިން ބުނީ މި ޗެލެންޖުގައި ބައިވެރިވެގެން ކޮންސިއާޖް ގްރޫޕް މޯލްޑިވްސްގެ ފަރާތުން ބަޓީކް އެއަރ މެދުވެރިކޮށް މެލޭޝިޔާ ދެކޮޅު ޓިކެޓް ހޯދުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މި ޓިކެޓު ލިބޭނީ މިކަމުގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ފަރާތަށް ކަމަށް ވެސް އުރީދޫއިން ބުނެފައިވެ އެވެ.

މި ޗެލެންޖުގައި ޖެހޭނީ އުރީދޫ ކަރާ ފެޅުން ގޭމާ ގުޅޭ މަޖާ ވީޑިއޯ، މީމް ނުވަތަ ރީލް ހަދާށެވެ. ހެދުމަށް ސޯޝަލް މީޑިއާގައި ޕޯސްޓް ކުރަން ޖެހޭނީ ހޭޝްޓެގް #OoredooKaraaFelhun ބޭނުން ކުރުމަށްފަހު @ooredoomaldives އަދި @conciergegroupmaldives.mv އަށް ޓެގު ކުރާށެވެ.

މި ޗެލެންޖު ކުރިއަށް ދާނީ މި މަހުގެ 31 ވާ ބުރާސްފަތި ދުވަހުގެ 11:59 އާ ހަމައަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް