އެލައިޑް އިންޝުއަރަންސަށް 40 އަހަރު ފުރުން ފާހަގަކުރަމުން އަންނައިރު، މި ރޯދަ މަހަށް ހާއްސަކޮށްގެން އެ ކުންފުނިން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި އިފްތާރު ޕެކް ބެހުމުގެ މަސައްކަތް ކުރިއަށްގެންދާ ކަމަށް އެ ކުންފުނިން ބުނެފި އެވެ. މިހާރު ވަނީ މާލެ އާއި ހުޅުމާލޭގެ ބައެއް މިސްކިތްތަކުގައި މި ޕްރޮގާމު ކުރިއަށް ގެންގޮސްފައެވެ.
އެލައިޑުން ބުނި ގޮތުގައި، ރޯދަ މަހުގެ ބާކީ އޮތް ދުވަސްތަކުގައި ވެސް މާލެ ސަރަހައްދުގެ އެހެން މިސްކިތްތަކުގައި ވެސް މިހަރަކާތް ކުރިއަށްގެންދާނެ އެވެ.
މިއީ އެލައިޑުގެ 40 ވަނަ އަހަރީ ދުވަސް ފާހަގަކުރާ އަހަރު ކަމަށްވާއިރު، މިއަހަރު ތެރެއަށް ބަހާލައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު އިޖުތިމާއީ ހަރަކާތްތައް ހިންގުމަށް އެ ކުންފުނިން ވަނީ ރާވާފަ އެވެ.

