ދިވެހިން ވެސް ހިމެނޭހެން ދުނިޔޭގެ އެންމެ މަގުބޫލު އެއް ޓޫރިޒަމް މަންޒިލް ކަމަށްވާ ތައިލެންޑަށް މިއަދު އައި ބިންހެލުމާ ގުޅިގެން އެ ގައުމުގައި ތިބި ދިވެހިންނަށް ހިލޭ ގުޅޭނެ ގޮތް އުރީދޫން ހަމަޖައްސައިފި އެވެ.
ތައިލެންޑުގައި ތިބި ދިވެހި އާއިލާތަކަށް، ނޫނީ އެކުވެރިންގެ ހާލު ބެލުމަށް ފަސޭ ހަވެގެންދާނެ ގޮތް މެދުވެރި ކުރުމަށް އުރީދޫ މެދުވެރިކޮށް ތައިލެންޑަށް މިރޭ މެންދަމު 12 ޖަހަން ދެން ގުޅޭނެ ކަމަށް އުރީދޫން ބުންޏެވެ.
ތައިލެންޑަށް އައި ބިންހެލުންތަކުގައި ބޮޑެތި ގެއްލުންތަކެއް ލިބުނު އެއް ސަރަަހައްދަކީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުން އަންނަ، ތައިލެންޑްގެ ވެރިރަށް ބެންގްކޮކްގެ ސަރަހައްދެކެވެ.
މިހާތަނަށް އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބުނުކަން ރަސްމީ އެއްވެސް އިދާރާއަކަށް އެނގިފައެއް ނުވެއެވެ.

